ހާމަކޮށްދެއްވުންތަކެއް 12:1 - ކިތާބުލް މުޤައްދަސާ1 އެއަށް ފަހު، ވަރަށް މުހިންމު އަލާމާތެއް އުޑުން ފައުޅުވެގެން ދިޔައެވެ. އަންހެނަކު އެތާގައިވިއެވެ. އެކަނބުލޭގެ ލައިގެންހުރި ފޭރާމަކީ އިރެވެ. އަދި އެ އެކަނބުލޭގެ ފައިތިލަ ދަށުގައި ހަނދުވިއެވެ. އަދި އެކަނބުލޭގެ ބޮލުގައި ބާރަ ތަރީގެ ތާޖެއް ވިއެވެ. အခန်းကိုကြည့်ပါ။ |
އަހަރެން އެފަދަ ދެއްކުންތެރި ކަމެއް ކުރުމަކަށް ދުވަހަކު ވެސް މާތްރަސްކަލާނގެ ނުހިންމަވާށިއެވެ. އެއީ އަހަރެން ބަލައިގަންނަހާ ވެސް ކަމަކީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ސަލީބުގައި ވެވަޑައިގެންނެވި އަވަހާރަ ވުމެވެ. އެ އަވަހާރަ ވުމުގެ ސަބަބުން މިދުނިޔޭގެ މައްޗަށް އަހަރެންގެ ކިބައިގައި އޮތްހާ އެދުމެއް މަރުވެ ނެތިވެ ހިނގައްޖެއެވެ. އަދި މިދުނިޔެ އަހަރެންގެ ކިބައަކުން ވެސް އެދޭ އެދުމެއް ނުވެއެވެ.