4 އެދެހެކިންނަކީ ދެ ޒައިތޫނި ގަހެވެ. އަދި އެއީ ދުނިޔޭގައި ވެރިކަން ހިންގަވާ މާތްރަސްކަލާނގެ ޙަޟްރަތުގައިވާ ދެ ބައްތި ވެސް މެއެވެ.
އެކަމަކު މިފަހަރު ޖާސާންގެ ސަރަހައްދު ތިމަންކަލާނގެ ސަލާމަތް ކުރައްވާނަމޭ. އެއީ ތިމަންކަލާނގެ މީހުން އުޅޭ ހިސާބުގަނޑޭ. އެތަނަކަށް މެއްސެއް ނުދާނެޔޭ. އޭރުން މަނިކުފާނަށް އެނގިވަޑަގަންނަވާނެއޭ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެކަން. އަދި މަނިކުފާނުގެ ޤައުމުގެ ތެރޭގައި ތިމަންކަލާނގެ ވޮޑިގެންވާކަން.
”އެއް ވެސް މީހަކު ބައްތިއެއް ދިއްލައިފަ އެއެއް ނުފޮރުވާނެ. އަދި އެ މުކައްބައެއްގެ ދަށަކަށް ވެސް ނުލާނެ. އޭނާ އެބައްތި އަޅުވާނީ ބައްތިއަޅުވާ ނަރުގަނޑުގަ. އެއީ އޭރުން އެގެއަށް އަންނަ އެންމެންނަށް ވެސް އޭގެ އަލި ލިބޭނެ.
އަބަދުވެސް އެދުވަހާއި މެދު ވިސްނައިގެން ތިބޭ. އަދި ވާނޭ ހުރިހާ ކަންތަކަކުން ކަލޭމެން ސަލާމަތްވޭތޯ އާއި އަދި ކަލޭމެންނަށް އިންސާނާގެ ދަރިކަލުންގެ ކުރިފުޅުމަތީ ބިރެއް ނެތި ކެރިގެން ހުރެވުން އެދި އަބަދުވެސް ދުޢާކުރޭ.“
ތިބާއަށް އަހަރެންގެ ކަނާއަތުގައި ވަނިކޮށް ފެނުނު ހަތްތަރިއާއި، އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރުގެ ފޮރުވިފައިވާ މާނައަކީ މިއީ. އެ ހަތްތަރި ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތުގެ މަލާއިކަތުން. އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރު ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތް.“