Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 11:18 - ކިތާބުލް މުޤައްދަސާ

18 ދުނިޔޭގައި ތިބި މީސްތަކުން ވަނީ ރުޅިން ފުރިފަ. ނަމަވެސް މިހާރު އިނބަރަސްކަލާނގެ ކޯފާގެ ވަގުތު އަތުވެއްޖެ. މިއީ މަރުވެފައިވާ ފަރާތްތަކަށް ޙުކުމް ކުރުމުގެ ވަގުތުމެ. އަދި އިނބަރަސްކަލާނގެ ޚާދިމުން ކަމަށްވާ ނަބިއްޔުންނާއި، އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި އަދި އިނބަރަސްކަލާނގެ ކިބަފުޅަށް ޤަދަރުކުރި ހުރިހާ އެންމެންނަށް ޘަވާބު ދެއްވާނޭ ވަގުތު ވެސްމެއެވެ. އޭގެތެރޭގައިވާ އެންމެ ނިކަމެތިންނާއި އެންމެ މަތިވެރި ފަރާތްތަކަށް ވެސްމެ. އެއީ ދުނިޔެ ފަނާކުރި މީސްތަކުން ފަނާކުރުމަށްވާ ވަގުތު. އެއީ އެބައިމީހުން ދުނިޔެ ފަނާކުރި ފަދައިން ވެސްމެ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 11:18
48 ပူးပေါင်းရင်းမြစ်များ  

އެކަމާމެދު އުފާފާޅުކޮށް ހިތްހަމަޖައްސައިގެން ތިބޭތި! ސުވަރުގޭގައި މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަތިވެރި އިނާމެއް ދެއްވާނެ. އެއީ ކުރީގައި އުޅުއްވި ނަބީބޭކަލުންނަށް ވެސް މީސްތަކުން އަނިޔާކުރީ އެފަދައިން.⁠“


މާތްރަސްކަލާނގެ މިއަޅާ މެދުވެރިކޮށް ދުނިޔެއަށް މިފޮނުއްވާ ނިޢުމަތުގެ ސަބަބުން އެކަލާނގެ ކިބަފުޅަށް ބިރުވެތިވެ ޙުރުމަތްތެރިކޮށް ހިތާ މީހުންގެ ދަރިދަރިކޮޅަށް ވެސް އެކަލާނގެ ރަޙުމަތްފުޅު ލެއްވިގެން ވާނެ.


އަހަރެމެން މަރުވުމަށް އިރާދައިގައި ވަނީ އެންމެ ފަހަރަކުއެވެ. އެއަށް ފަހު މާތްކަލާނގެ އަހަރެމެންގެ މައްޗަށް އިންސާފު ގާއިމު ކުރައްވާނެ އެވެ.


ހަތްވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލައްވާ ހިނދު މާތްރަސްކަލާނގެ އެކަލާނގެ ޚާދިމުން ކަމުގައިވާ ނަބީބޭކަލުންނަށް އިޢުލާން ކުރެއްވި ފަދައިން އެކަލާނގެ ވަންހަނާ ކުރެއްވި ރޭއްވެވުން ފުރިހަމަ ވެގެންދާނެ.⁠“


ނަމަވެސް ބައިތުލް މަޤްދިސްގެ ބޭރުގައި ހުރި ގޯތީގެ މިން ނަގާނެކަމެއް ނެތް. އެ ގޯތި އެ އޮތް ގޮތަށް ދޫކޮށްލާ. ސަބަބަކީ އެތަނަކީ ޣައިރު ބަނީއިސްރާއީލުންނަށް ދެވިފައިވާ ތަނެއްމެ. އަދި އެބައިމީހުން ޤުދުސީ ސަހަރު ފުނޑުފުނޑުކޮށްލައި އެ ސަހަރުގެ މައްޗަށް އެބައިމީހުންގެ ބާރު ސާޅީސް ދެ މަސްދުވަސް ވަންދެން ހިންގާނެ.


އެއްވެސް މީހެއްގެ ތަޤުދީރުގައި ޙިސާރު ކުރެވިގެންވާނަމަ، އެ މީހަކު ޙިޟާރު ކުރެވިގެންދާނެ. އަދި ކަނޑިން ގަތުލު ކުރެވިގެންދާން ހުރިނަމަ، އެ މީހަކު ކަނޑިން ގަތުލު ކުރެވިގެންދާނެ. މި ހިނދު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުން ކެތްތެރިކަމާއި އީމާންތެރިކަމުގައި ދެމި ތިބޭން ޖެހޭނެ.⁠“


އަދި ބިމު ދާއްބަ ހުރިހާ އެންމެންނަށް، އޭގެ ތެރޭގައި ދަށްމީހުންނާއި، މަތިވެރިފަރާތްތަކާއި، މުއްސަނދިންނާއި، ފަޤީރުންނާއި، މިނިވަނުންނާއި، އަދި އަޅުންގެ ކަނާއަތުގައި ނުވަތަ ނިތްކުރީގައި ފާހަގަ ޖެހުމަށް މީސްތަކުންނަށް މަޖުބޫރު ކުރިއެވެ.


އެމީހަކީ މާތްރަސްކަލާނގެ ކޯފާގެ މޭބިސްކަދުރުގެ ރާ ބޯންޖެހޭނޭ ފަރާތެއްމެ. އަދި އެކަލާނގެ ކޯފާގެ ތަށީގެ ގަދަ އިޙްސާސް އެމީހަކަށް ކުރުވާނެ. އަދި އެމީހަކަށް އަލިފާނުންނާއި އަދަމުން ދާ ކައްސަނދުވާނިން ޢުޤޫބާތް ދެވޭނެ. އެއީ މާތްވެގެންވާ މަލާއިކަތުންނާއި ޅަކަންބަޅީގެ ޙާޟިރުގައި ވެސްމެ.


އެއަށް ފަހު، އުޑުން އަލާމާތެއް އަހަރެން ދުށީމެވެ. އެއީ މަތިވެރި އަދި ޙައިރާން ކުރުވަނިވި ކަމެކެވެ. ހަތް މަލާއިކަތުން އެކަލާނގެ އެންމެފަހުން ފޮނުއްވާނޭ ހަތް މުސީބާތް ހިފަހައްޓަވައިގެން ތިއްބެވިއެވެ. ސަބަބަކީ އެއީ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގެންނެވުމުގެ އެންމެ ފަހުގެ ތަސައްވުރު ވެސް މެއެވެ.


އެއަށް ފަހު، ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން އެއް މަޚުލޫގަކު އެ ހަތް މަލާއިކަތުންގެ ތެރެއިން ކޮންމެ މަލާއިކަތަކަށް ރަނުގެ ބޯތައްޓެއް ދެއްވިއެވެ. މި ބޯތަށިތައް ފުރިފައި ވަނީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެ ކޯފާތަކުންނެވެ.


ތިޔަބައިމީހުންނާ މެދު އޭނާ ކަންތައް ކުރިގޮތަށް ތިޔަބައިމީހުން ވެސް އޭނާއާ މެދު ކަންތައް ކުރޭ! އޭނާ ކުރި ކަންތަކަށް ދެގުނައަށް އަގު އަދާކުރޭ! އޭނާ ތިޔަބައިމީހުންނަށް އަޅައިދިން ތަށީގެ ރާތަކަށް ވުރެން ދެގުނައަށް ބާރުގަދަކޮށް އޭނާގެ ތައްޓަށް ރާ އަޅައިދީ!


އެކަލޭގެފާނުގެ އަނގައިން ތޫނު ކަނޑިއެއް ނުކުތެވެ. އެ ކަނޑިން އެންމެހާ ޤައުމުތައް އެކަލޭގެފާނު ފަތަޙަ ކުރައްވާނެއެވެ. ދަގަނޑު އަސާއަކުން އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ބާރު ހިންގަވާނެއެވެ. އަދި މާތް ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ކޯފާއިން މޭބިސްކަދުރުތައް އަޅާފައިވާ ތާނގީގެ ތެރޭގައި ހުރި މޭބިސްކަދުރުތައް އެކަލޭގެފާނުގެ ފައިންޕުޅުން ޗިސްކޮށް އެމޭބިސްކަދުރުން ދިޔަ ހައްދަވާނެއެވެ.


ރަސްރަސްކަލުންގެ މަހާއި، ވެރިންގެ މަހާއި، ހަނގުރާމަވެރި ފަހުލަވާނުންގެ މަހާއި، އަސްތަކާއި އަދި އޭގެ އަސްވާރުންގެ މަހާއި، ހުރިހާ އެންމެންގެ މަހާއި، އޭގެތެރޭގައިވާ ހުރިހާ އަޅުންނާއި މިނިވަނުންގެ މަހާއި، މަތިވެރި އަދި ދަށު ދަރަޖައިގެ މީހުންގެ މަސްކެއުމަށް މިކޮޅަށް އާދޭ!⁠“


އެއަށް ފަހު ތަޚުތުކޮޅުން މިފަދައިން އަޑެއް އިވިގެން ދިޔައެވެ. ”⁠އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރޭ! އެކަލާނގެ އެންމެހައި ޚާދިމުންނާއި، އެކަލާނގެ އަށް ބިރުވެތިވާ ފަރާތްތަކުގެ ތެރެއިން އެންމެ ދަށް ފަރާތްތަކުން ފެށިގެން އެންމެ މަތިވެރި ފަރާތްތައް!⁠“


އަދި މަރުވެދިޔަ ހުރިހާ އެންމެންގެ ތެރެއިން މަތިވެރި މީހުންނާއި ނިކަމެތިން ތަޚުތުގެ ކުރިމަތީގައި ކޮޅަށް ތިބިތަން ވެސް އަހަރެން ދުށީމެވެ. ފޮތްތައް ވަނީ ހުޅުވާލެވިފައެވެ. އަދި އެހެން ފޮތެއް ވެސް ހުޅުވުނެވެ. އެއީ ޙަޔާތުގެ ފޮތެވެ. އަދި އެފޮތްތަކުގައި ބަޔާންވެގެންވާ ފަދައިން މަރުވެ ދިޔަ މީސްތަކުން ކުރި އަމަލުތަކަށް ފައިސަލާ ކުރެވި ދިޔައެވެ.


ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެންނުވާ ހުރިހާ އެންމެން އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވުނެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ދެކިބަލަ! އަވަސް ގޮތެއްގައި އަހަރެން އަންނާނަން! އަހަރެން އަންނާނީ އަހަރެންގެ ޖަޒާ ހިފައިގެންނެވެ. އަހަރެން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެމީހަކު ކުރި އަމަލަކަށް ލިބެން ޙައްޤުވާ ޖަޒާ އެމީހަކަށް ދެއްވާނަން!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ