Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 11:12 - ކިތާބުލް މުޤައްދަސާ

12 އެއަށް ފަހު، ސުވަރުގެއިން މިފަދައިން ވިދާޅުވެ ދިޔަ އަޑު އެ ދެ ނަބީ ބޭކަލުންނަށް އިވި ވަޑައިގަތެވެ. ”⁠މިތާ މައްޗަށް އާދޭ!⁠“ އަދި އެބޭކަލުންގެ ޢަދުއްވުން ބަލަން ތިއްބައި ވިލާގަނޑެއްގައި އެބޭކަލުން ސުވަރުގެއަށް ވަޑައިގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 11:12
21 ပူးပေါင်းရင်းမြစ်များ  

އަދި އެމީހުންގެ އަސްގާޑިޔާތަކުގެ ފުރޮޅުތައް އުޅާސް ކޮށްލެއްވިއެވެ. އެހެންވެ އެގާޑިޔާތައް ދުއްވުން ދަތިވެއްޖެއެވެ. ”⁠އިސްރާއީލީން ދޫކޮށް މިތަނުން އަވަހަށް ދާން ހިނގާ!⁠“ މިޞްރު މީހުން ހަޅޭއްލަވަން ފެށިއެވެ. ”⁠މާތްރަސްކަލާނގެ އަހަރެމެން މިޞްރު މީހުންނާ ދެކޮޅަށް އިސްރާއީލީންނަށްޓަކައި އެބަ ހަނގުރާމަ ކުރައްވާ!⁠“


މި މުއްސަނދި މީހާ ނަރަކައިގައި ވަރަށް ވޭން ލިބިގެންވާ ހާލުގައި ވި. އޭނާ ވަށައިގެން ހޯދާ ބެލިއިރު ވަރަށް ދުރުން އޭނާއަށް އިބްރާހީމްގެފާނު ފެނުނު. އަދި އެކަލޭގެފާނުގެ އަރިހުގައި ލާޒަރު ވެސް ވަނިކޮށް ދުށް.


އެކަލޭގެފާނު އެހެން ވިދާޅުވި ތާ ގިނައިރެއް ނުވެ އެމީހުން އެންމެން ބަލަބަލާ ތިއްބާ އެކަލޭގެފާނު މައްޗަށް އުފުއްލެވުނެވެ. އަދި ވިލާގަނޑަކުން އެކަލޭގެފާނު ފޮރުވިގެންދިޔައެވެ.


އެއަށް ފަހު، އަހަރެމެން ފަދައިން ދުނިޔޭގައި ތިބި މަސީޙީން އޭގެ ކުރީގައި ނިޔާވި މަސީޙީންނާއި އެއްތަން ކުރައްވާނެއެވެ. އަހަރެމެން އުޑަށް އުފުލި ވިލާގަނޑުތަކުގައި މާތްސާހިބާ އާއި ބައްދަލު ކުރަން ގެންދެވޭނެއެވެ. އަދި އަހަރެމެން އަބަދުގެ އަބަދަށް މާތްސާހިބާ އާއި އެކުގައި ވާނެއެވެ.


އެއަށް ފަހު، އެ އެކަނބުލޭގެ ފިރިހެން ދަރިއަކު ވިހެއެވެ. އެ ދަރިފުޅަކީ ދަގަނޑު އަސާއެއް ބޭނުންކޮށްގެން މުޅި ދުނިޔޭގެ ޤައުމުތަކުގެ މައްޗަށް ވެރިކަން ހިންގާނޭ ކުއްޖެކެވެ. ނަމަވެސް ނުހަނު އަވަހަށް އެ ކުއްޖާ މާތްރަސްކަލާނގެ ޙަޟްރަތާއި އެކަލާނގެ ތަޚުތުކޮޅަށް ނެންގެވިއެވެ.


ނަސްރު ހޯދާ ހުރިހާ އެންމެން އަހަރެންނާއި އެކުގައި ތަޚުތުގައި އިށީނުމުގެ ޙައްޤު ދޭނަން. އެއީ އަހަރެން ވެސް ނަސްރު ހޯދައި އަހަރެންގެ ބައްޕާފުޅުގެ ތަޚުތުގައި އިށީނދެއިން ފަދައިން.


އެއަށް ފަހު، އުޑުން ދޮރެއް ހުޅުވުނު ތަން އަހަރެން ދުށީމެވެ. އަދި ތާޅަފިލީގެ އަޑުފަދައިން އަޑެއް ވެސް އިވުނެވެ. އެއީ މީގެ ކުރިން އަހަރެންނާއި ވާހަކަ ދެއްކި އަޑެއްފަދަ އަޑެކެވެ. އެ އަޑު އަހަރެންނަށް ބުންޏެވެ. ”⁠މިތާ މައްޗަށް އާދޭ. އަދި މިއަށް ފަހު ހިނގައިދާނޭ ކަންތައްތަކުގެ ޙާދިސާތައް އަހަރެން ތިބާއަށް ދައްކައިދޭނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ