Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 1:8 - ކިތާބުލް މުޤައްދަސާ

8 ސާހިބުވަންތަ ރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އަހަރެންނަކީ އަލްފާ އަދި އޮމޭގާ. އަދި އަހަރެންނަކީ މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ކުޅަދުންވަންތަ މާތްރަސްކަލާނގެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 1:8
29 ပူးပေါင်းရင်းမြစ်များ  

އަބްރާމްގެ އުމުރުފުޅުން ނުވަދިހަ ނުވަވަނަ އަހަރުގައި މާތްރަސްކަލާނގެ އަބްރާމްއަށް ފާޅުވެ ވޮޑިގަތެވެ. އަދި ވަޙީ ކުރެއްވިއެވެ. ”⁠ތިމަން ކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ! ތިމަންކަލާނގެއަށް ބޯލަނބައި ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރޭ.


ކުޅަދުންވަންތަ ކަލާނގެ ދަރިފުޅުގެ ކައިވެންޏަށް ރަޙުމަތްލައްވައި ގިނަގުނަ ދަރިން ދެއްވާހުށި. އެގޮތުން ދަރިފުޅު ގިނަ ޤައުމުތަކެއްގެ ބަފައިކަލުން ކަމުގައިވާނެ!


އަދި މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ ހުރިހާ އެންމެންގެ ކާބަފައި ކަމުގައި ވެސް ވާނެމެ.


ކަލޭމެން އެ ރަށުގެ އަމީރާއި ބައްދަލުކުރާ ހިނދު އޭނާ ކަލޭމެންނަށް ރަޙުމް ކުރައްވައި ޝިމްޢޫން ދޫކޮށްލައި އަދި ބަންޔާމީން ކަލޭމެންނާއި އެކުގައި އެނބުރި ފޮނުވުމަށް އެދި ކުޅަދުންވަންތަ ކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަމު. ނަމަވެސް އަހަރެންގެ ދަރިން އަހަރެންނަށް ގެއްލުނަސް އަހަރެންނަށް ލިބޭ ހިތާމަތަކަށް އަހަރެން ކެތްތެރިވާނަމު.⁠“


އެއަށް ފަހު ޔަޢުޤޫބުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ކަންޢާނުގެ ލޫޒްގައި ވަނިކޮށް ކުޅަދުންވަންތަ ކަލާނގެ އަހަރެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވުމަށް ފަހު، އެތަނުގައި އަހަރެންނަށް ބަރަކާތްލައްވައި އެކަލާނގެ އަހަރެންނަށް މިފަދައިން ވަޙީ ކުރެއްވި. ’⁠ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު އިތުރު ކުރައްވައި ބޮޑު ޤައުމެއްގެ ގޮތުގައި ލައްވާނަމޭ. އަދި ކަންޢާނުގެ މިބިން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅުގެ މީސްތަކުންނަށް އަބަދަށްޓަކައި މިލްކުވެގެންވާ ތަނެއްގެ ގޮތުގައި ދެއްވާނަމޭ.⁠‘


”⁠ތިބާއަށް އެހީތެރިވާ ފަރާތަކީ ތިބާގެ ބައްޕަގެ ކަލާނގެ މާތްކަލާނގެ. އެކަލާނގެއީ ތިބާއަށް އުޑުން ބަރަކާތުގެ ވާރޭ ފޮނުއްވާ ކުޅަދުންވަންތަ ކަލާނގެ. އެކަލާނގެއަކީ ބިމުގެއަޑިން ތިބާއަށް ފެން ދެއްވާ ކަލާނގެ. ތިބާއަށް ގެރިބަކަރިތަކާއި އަދި ދަރިންވެސް ދެއްވާ ކަލާނގެ.⁠“


މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ވޮޑިގެންވާ ކަލާނގެއަކީ މިއީ. އިސްރާއީލުގެ މީހުންގެ ގާތު މިހެން ބުނޭ. ’⁠ވޮޑިގެންވާ ކަލާނގެއޭ ކަލޭމެންގެ ގާތަށް ތިމަން ފޮނުވީ.⁠‘⁠“


އަހަރެން އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކުރިމައްޗަށް ފާޅުވީ ކުޅަދުންވަންތަ ކަލާނގެ ގޮތުގައި. އެހެނެއްކަމަކު އެބޭކަލުންނަށް އަހަރެންގެ ނަމަކީ ޔަހޫވޭ ކަމެއް ނުއެއް އަންގަން.


އެއަޑު އަހަރެންނަށް ބުންޏެވެ. ”⁠ތިބާއަށް ފެންނަ އެންމެހާ ކަންތައް ފޮތެއްގައި ލިޔެ މި ހަތް ސަހަރުގެ މަސީޙީ ޖަމާޢަތްތަކަށް ފޮނުވާ. އެއީ: އެފޭސުސް، އިޒުމީރު، ޕެރުގަމޫމު، ތިޔާތިރާ، ސަރުދީސް، ފިލަދެލްފިޔާ އަދި ލަވުދީކިޔާ.⁠“


އަހަރެންނަށް އެމީހަކު ފެނުނު ހިނދު މަރުވެގެން ވެއްޓުނު މީހަކު ފަދައިން އެމީހާގެ ފައިމައްޗަށް ވެއްޓުނީމެވެ. ނަމަވެސް އެމީހާގެ ކަނާއަތުން އަހަރެން ނަންގަވައި ވިދާޅުވިއެވެ. ”⁠ބިރު ނުގަނޭ! އަހަރެންނަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވެސްމެ.


މި ސިޓީ އަކީ އޭޝިޔާ ސަރަހައްދުގައި ތިބި މަސީޙީ ޖަމާޢަތުގެ ހަތް ޖަމާޢަތަށް ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވާ ސިޓީއެކެވެ. މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ މާތްރަސްކަލާނގެ ކިބަފުޅުންނާއި، އަދި އެކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައިވާ ހަތް ރޫހުފުޅުގެ ފަރާތްޕުޅުންނާއި، ވަފާތެރި ހެކިވެރިޔާ އަދި ޚަލްޤުތަކުންގެ ތެރެއިން އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ފަރާތް ކަމަށްވާ މިދުނިޔޭގެ ހުރިހާ ރަސްރަސްކަލުންގެ ވެރިޔާ އީސާ އަލްމަސީޙުގެ ފަރާތްޕުޅުން ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްހަވެރިކަން ރައްދުކުރަމެވެ. އެކަލޭގެފާނު އަހަރެމެން ދެކެ ވާލޯބިފުޅުގެ ސަބަބުން އަހަރެމެންނަށްޓަކައި ޤުރުބާން ކުރެވި އަވާހަރަވެ ވަޑައިގެންނެވީ އެކަލޭގެފާނުގެ ލޭފޮދުން އަހަރެމެން ފާފަވެރިކަމުން މިނިވަން ކޮށްދެއްވުމަށެވެ.


”⁠ސާހިބުވަންތަ މަތިވެރި ރަސްކަލާކޮ! އިނބަރަސްކަލާނގެއީ މާޒީގައި ވޮޑިގެންވީ، މި ހިނދުގައި ވޮޑިގެންވާ ރަސްކަލާނގެމެ! އިނބަރަސްކަލާނގެ މަތިވެރި ބާރުފުޅު ހިންގަވާތީ އަޅުގަނޑުމެން ޝުކުރުވެރިވަން، އަދި އިނބަރަސްކަލާނގެ ވެރިކަން ކުރައްވަން ފެށުމުން ވެސްމެ!


އަދި މާތްރަސްކަލާނގެ ޚާދިމު މޫސާގެފާނު ވިދާޅުވި ޙަމްދު ސަނާގެ ލަވަ އެބައިމީހުން މިފަދައިން ކިޔަމުން ދިޔައެވެ. އަދި މި ލަވައަކީ ޅަކަންބަޅީގެ ވެސް ލަވައެވެ. ”⁠ސާހިބުވަންތަ މާތްރަސްކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާނގެ. އިނބަރަސްކަލާނގެ މަތިވެރި އަމަލުފުޅުތައް ނުހަނު އަޖައިބު ކުރުވާ! އިނބަރަސްކަލާނގެއީ އެންމެހާ ޤައުމުތަކެއްގެ ރަސްގެފާނުމެ. އަދި އިނބަރަސްކަލާނގެ އަބަދުވެސް އިންސާފު ކުރައްވަނީ ޢަދުލުވެރި ކަމާއި ތެދުވެރިކަމާއެކުގައި ވެސްމެ.


މި ނުބައި ތިން ރޫޙަށް ޝައިތާނީ ޖާދޫތައް ދެއްކުމުގެ ބާރު ލިބިގެން ވިއެވެ. މި ނުބައި ތިން ރޫޙު ދުނިޔޭގައި ތިބި އެންމެހާ ރަސްރަސްކަލުންގެ ކައިރިއަށް ގޮސް ކުޅަދުންވަންތަ މާތްރަސްކަލާނގެ އާއި ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް އެބައިމީހުން ގެނެއެވެ. ނަމަވެސް އެދުވަހަކީ މާތްރަސްކަލާނގެ ކިބަފުޅަށް މަތިވެރި ކާމިޔާބީ ލިބޭނޭ ދުވަހެވެ.


މިއަށް ފަހު، ޤުރުބާނީ އަށިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠ސާހިބުވަންތަ، ކުޅަދުންވަންތަ މާތްރަސްކަލާކޮ! ހަމަކަށަވަރުން އިނބަރަސްކަލާނގެއީ ތެދުވެރިކަމާއި ޢަދުލްވެރިކަމާއެކު އިންސާފުކުރައްވާ ރަސްކަލާނގެމެ!⁠“


އެކަލޭގެފާނުގެ އަނގައިން ތޫނު ކަނޑިއެއް ނުކުތެވެ. އެ ކަނޑިން އެންމެހާ ޤައުމުތައް އެކަލޭގެފާނު ފަތަޙަ ކުރައްވާނެއެވެ. ދަގަނޑު އަސާއަކުން އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ބާރު ހިންގަވާނެއެވެ. އަދި މާތް ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ކޯފާއިން މޭބިސްކަދުރުތައް އަޅާފައިވާ ތާނގީގެ ތެރޭގައި ހުރި މޭބިސްކަދުރުތައް އެކަލޭގެފާނުގެ ފައިންޕުޅުން ޗިސްކޮށް އެމޭބިސްކަދުރުން ދިޔަ ހައްދަވާނެއެވެ.


އެއަށް ފަހު، ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ ހަޅޭއްލަވާ ފަދައިން ނުވަތަ އޮހިގެންދާ ފެންއާރަކުން ފެން އޮހޮރޭފަދަ އަޑަކުން، ނޫނީ ގުގުރީގެ އަޑުފަދަ އަޑަކުން މިފަދައިން ބުނަމުން ގެންދިޔަ އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި! އެކަލާނގެއީ އަހަރެމެންގެ ސާހިބުވަންތަ، ކުޅަދުންވަންތަ މާތް ރަސްކަލާނގެ. އެކަލާނގެއީ ރަސްކަން ކުރައްވާ މަތިވެރި ރަސްގެފާނު!


”⁠އިޒުމީރުގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވީ ފަރާތުން ދިން ޚަބަރެއް. އެއީ މަރުވުމަށް ފަހު އަލުން ދިރުނު ފަރާތް ވެސްމެ.


އެ ސަހަރުގެ ތެރެއިން ބައިތުލް މަޤްދިސް އަހަންނަކަށް ނުފެނެއެވެ. ސަބަބަކީ އެ ސަހަރުގައި ހުރި ބައިތުލް މަޤްދިސްއަކީ ސާހިބުވަންތަ މާތްރަސްކަލާނގެ ކަމުގައި ވުމެވެ. އަދި ޅަކަންބަޅި ކަމުގައި ވުމުން ވެސްމެއެވެ.


ތަޚުތުގައި އިށީނދެ ވަޑައިގެން އިންނެވި ފަރާތުން އަހަރެންނަށް ވަޙީކުރެއްވިއެވެ. ”⁠ހުރިހާ ކަމެއްމެ ނިމިއްޖެ. އަހަރެންނަކީ އަލްފާ އަދި އޮމޭގާ. ފެށުމާއި ނިމުން ވެސް. ކަރުހިއްކައިގަނެފައިވާ ކޮންމެ މީހަކަށް ޙަޔާތުގެ ދިރުންދޭ ފެން އާރުން އަގަކާއި ނުލައި އަހަރެން ފެން ދޭނަން.


އަހަރެންނަކީ އަލްފާ އަދި އޮމޭގާ. އަހަރެންނަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވެސްމެ. ހަމައެހެންމެ، ފެށުމާއި ނިމުން ވެސްމެ.⁠“


މި ދިރިހުރި މަޚުލޫގުންގެ ތެރެއިން ކޮންމެ މަޚުލޫގެއްގެ ހަށިގަނޑުގައި ހަ ފިޔަ ވެއެވެ. އަދި އޭގެ ކޮންމެ އެއްޗެއްގެ ހަށިގަނޑުވަނީ ލޯތަކުން ފުރިފައެވެ. އޭގެ ފިޔަތަކުގެ ދަށާއި އެކުވެސް މެއެވެ. ދުވާލާއި ރޭގަނޑު ހުއްޓުމެއް ނެތި މި އެއްޗެތި ޙަމްދު ސަނާ ކިޔަމުން ގެންދެއެވެ. ”⁠ޤުއްދޫސް، ޤުއްދޫސް، ޤުއްދޫސް ވަންތަ ފަރާތްޕުޅަކީ ސާހިބުވަންތަ، ކުޅަދުންވަންތަ މާތް ރަސްކަލާނގެ. އެކަލާނގެއީ މާޒީގައި ވޮޑިގެންވީ، މި ހިނދުގައި ވޮޑިގެންވާ، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ފަރާތްމެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ