Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 1:3 - ކިތާބުލް މުޤައްދަސާ

3 މިފޮތުގައިވާ ޣައިބުގެ ބަސްފުޅުތައް މީހުންނަށް ކިޔާދޭ ކޮންމެ ފަރާތަކަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވަތެވެ. އަދި މި ބަސްފުޅުތައް އަހައި ކިޔަމަންގަތް ކޮންމެ އަޅަކަށް ވެސް އެކަލާނގެ ރަޙުމަތް ލައްވަތެވެ. ސަބަބަކީ މި ބަޔާންކުރާ ފަދަ ޙާދިސާތައް ހިނގައިދިއުމުގެ ވަގުތު މިވަނީ އައިސް ކައިރިވެފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 1:3
15 ပူးပေါင်းရင်းမြစ်များ  

އަދި ކޮންމެ ދުވަހަކު އައިސް އަހަރެން ބުނާ އެއްޗެއް އަޑުއަހަން އަހަރެންގެ ގޭދޮށުގައި އިންތިޒާރުގައި ތިބޭށެވެ. އޭރުން ކަލޭމެންނަށް އުފާވެރިކަން ލިބޭނެއެވެ.


”⁠ވަގުތުޖެހުމުން ނަބީބޭކަލެއް ކަމުގައިވާ ދާނިޔާލް ވިދާޅުވެ ދެއްވާފައިވާ ފަދައިން ފަނާކުރުވަނިވި ނަޖިސް މުޑުދާރު އެތި މުޤައްދަސް މަޤާމުފުޅު ތެރޭގައި ފެނިގެންދާނެ. (ކިޔުންތެރިންނަށް މިބުނާ އެއްޗެއްގެ މާނަ ޔަޤީންކަމާއެކުގައި އެނގެންޖެހޭނެއެވެ!)


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އެއަށް ވުރެވެސް ބޮޑަށް ބަރަކާތް ލެއްވިގެން ވާނީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އެއަށް އަމަލު ކުރާ މީހުންނަށް.⁠“


ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ. އެހެންވީމާ، ސާފު ގޮތުގައި ބުއްދިން ބަލައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމާއެކު، އެކުގައި ދުޢާ ދެންނެވުމަށް ކެރިކުޅަދާނަވާށެވެ.


ރަޙުމަތްތެރިންނޭވެ. ތިޔަބައިމީހުން މިކަން ހަނދާން ނައްތައި ނުލާށެވެ. މާތްރަސްކަލާނގެ ދެކެވޮޑިގަންނަވާ ގޮތުގައި އެންމެ ދުވަހެއް އެއްހާސް އަހަރު ފަދައެވެ. އަދި އެއްހާސް އަހަރުގެ މުއްދަތް އެއްދުވަސް ފަދައެވެ.


އަދި އެ މަލާއިކަތާ އިތުރަށް ވިދާޅުވިއެވެ. ”⁠މިފޮތުގައިވާ ވަޙީ ބަސްފުޅުތައް ވަންހަނާ ނުކުރާތި. ސަބަބަކީ މި ފޮތުގައި ބަޔާންވެގެންވާ އެންމެހާ ކަންތައްތައް ވުމުގެ ވަގުތު މިވަނީ ކައިރިވެފައި.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ދެކިބަލަ! އަވަސް ގޮތެއްގައި އަހަރެން އަންނާނަން! އަހަރެން އަންނާނީ އަހަރެންގެ ޖަޒާ ހިފައިގެންނެވެ. އަހަރެން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެމީހަކު ކުރި އަމަލަކަށް ލިބެން ޙައްޤުވާ ޖަޒާ އެމީހަކަށް ދެއްވާނަން!


މި ހުރިހާ ކަމަކަށް ހެކިވަނިވި ގޮތުގައި މިތަކެތި ވަޙީކުރެއްވި ފަރާތުން ވަޙީކުރެއްވިއެވެ. ”⁠އާނ! ހަމަ ޔަޤީނުން ވެސް އަހަރެން އަވަސްކަމާއެކު އަންނާނަމު!⁠“ އާމީން! މާތްސާހިބާ އީސާގެފާނޭ! ވަޑައިގަންނަވާށެވެ!


އަހަރެން އަވަހަށް އަންނާނަން. ތިޔަބައިމީހުންނަށް ލިބިފައިވާ ތަކެތީގެ މަތީގައި ގާއިމުވެ ތިބޭ. އޭރުން، ތިޔަބައިމީހުންނަށް ލިބިފައިވާ ތާޖު އެކަކަށް ވެސް ވަގަކަށް ނުގެންދެވޭނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ