14 އެމީހެއްގެ އިސްތަށިގަނޑު ކަފަ ފަދައިން ނުހަނު ހުދު ކުލައިގައި ވިއެވެ. އަދި އެމީހެއްގެ ލޯ ވަނީ އަލިފާނުގެ ހުޅުކޮޅެއް ފަދައިންނެވެ.
އެ ހިނދު ވިދުވަރެއް ފަދައިން އެ މަލާއިކަތާ ވިދާ ބަބުޅަމުން ދިޔައެވެ. އަދި އެ މަލާއިކަތާގެ ފޭރާންކޮޅު ކަފަކޮޅެއްހާ ހުދެވެ.
އެކަލޭގެފާނުގެ ލޯ ވަނީ އަލިފާން ހުޅުގަނޑެއް ފަދައިންނެވެ. އަދި އެކަލޭގެފާނުގެ ބޮލުގައި ގިނަ ޢަދަދެއްގެ ތާޖު އެޅިފައި ވެއެވެ. އެކަލޭގެފާނުގެ ނަންފުޅު އެކަލޭގެފާނުގެ ހަށިގަނޑުގައި ލިޔެވިގެން ވެއެވެ. ނަމަވެސް އެކަލޭގެފާނު ފިޔަވައި އެ ނަންފުޅު އެނގޭ މީހަކު ނުމެވެއެވެ.
”ތިޔާތިރާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރުފުޅަކީ މާތްރަސްކަލާނގެ ދަރިކަލުންގެ ފަރާތުން ދެއްވި ޚަބަރުފުޅެއް. އެއީ އެ ފަރާތެއްގެ ލޯ އަލިފާން ހުޅު ފަދައިންވާ އަދި ފައިތިލަ ވިރުވާފަ އޮފްއަރުވާފައިވާ ރަތުލޮއި ފަދައިންވާ ފަރާތް.