ހާމަކޮށްދެއްވުންތަކެއް 1:13 - ކިތާބުލް މުޤައްދަސާ13 އަދި އެ ތަކެތީގެ މެދުގައި އިންސާނާގެ ދަރިކަލުން ފަދަ މީހަކު ވިއެވެ. އެމީހަކު ލައިގެން ހުރި ރިދާކޮޅު އެމީހެއްގެ ފައިތިލައާއި ހަމައަށް ދިގުވެގެންވިއެވެ. އަދި މޭމަތީގައި ވަށައިގެން ރަން ބާސްކީއްޔެއް އަޅާފައިވިއެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު، އަހަރެން ބަލައިލީމެވެ. އަދި އަހަރެންގެ ކުރިމަތީގައި ހުދު ކުލައިގެ ވިލާގަނޑެއް ވަނިކޮށް އަހަރެން ދުށީމެވެ. އަދި އެ ހުދު ކުލައިގެ ވިލާގަނޑުގައި އިށީނދެ ވަޑައިގެން އިންނެވީ އިންސާނާގެ ދަރިކަލުން ހެން ހީވާ މީހެކެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގައި ރަނުގެ ތާޖެއް ވިއެވެ. އަދި ވަރަށް ތޫނު ބަޅުވަޅިއެއް އެކަލޭގެފާނުގެ އަތްޕުޅުގައި އޮތެވެ.