Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 1:11 - ކިތާބުލް މުޤައްދަސާ

11 އެއަޑު އަހަރެންނަށް ބުންޏެވެ. ”⁠ތިބާއަށް ފެންނަ އެންމެހާ ކަންތައް ފޮތެއްގައި ލިޔެ މި ހަތް ސަހަރުގެ މަސީޙީ ޖަމާޢަތްތަކަށް ފޮނުވާ. އެއީ: އެފޭސުސް، އިޒުމީރު، ޕެރުގަމޫމު، ތިޔާތިރާ، ސަރުދީސް، ފިލަދެލްފިޔާ އަދި ލަވުދީކިޔާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 1:11
37 ပူးပေါင်းရင်းမြစ်များ  

އަހަރެމެން ދެއްކި ވާހަކަ އަޑު އެހި އަންހެނުންގެ ތެރެއިން އެކަކީ އަގުބޮޑު ފޮތީގެ ވިޔަފާރި ކުރާ ލީދިޔާއޭ ނަމަކަށް ކިޔުނު ތިޔާތިރާގެ މީހެކެވެ. މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އުޅުނު މީހެކެވެ. އެދުވަހު މާތްރަސްކަލާނގެ ޕައުލް ދައްކަމުން ދިޔަ ވާހަކަތައް އެހުމަށް އޭނާގެ ހިތް ތައްޔާރު ކުރެއްވިއެވެ.


އެދުވަސްވަރު އަޕޯލޮސް އޭކިޔުނު ބަނީއިސްރާއީލު މީހަކު އެފޭސުސް އަށް އައެވެ. އޭނާ އުފަންވީ މިޞްރުގެ އިސްކަންދަރިއްޔާގައެވެ. މީނާއަކީ ވާހަކަދެއްކުމުގެ ހުނަރަށް ކުޅަދާނަ އަދި މާތްރަސްކަލާނގެ ބާވައިލެއްވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ވެސް ރަނގަޅަށް ކިޔަވައިގެން ހުރި މީހެކެވެ.


އެކަމަކު އަހަރެމެންނަށް މިލޭތުސްއަށް އާދެވުމާއިއެކު ޕައުލް އެފޭސުސްގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ ބޮޑުންނަށް ޚަބަރު ފޮނުވާ މިލޭތުސް އަށް ޕައުލް އާއި ބައްދަލު ކުރުމަށް އައުމަށް އެދުނެވެ.


މި ސިޓީ އަކީ އީސާ އަލްމަސީޙުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ޕައުލްގެ ފަރާތުން ފޮނުވާ ސިޓީ އެކެވެ. މި ސިޓީ މި ލިޔަނީ އެފޭސުސްގައިވާ މާތްކަލާނގެ މުޤައްދަސް ކުރެއްވި އަލްމަސީހަށް އީމާންވާ ހުރިހާ އެންމެންނަށެވެ. އެ ހުރިހާ އެންމެންނަކީ އީސާ އަލްމަސީޙަށް ވަފާތެރިވެ އީމާންކަން މަތީވާ ފަރާތްތައް ވެސް މެއެވެ.


އަހަރެންގެ އެދުމަކީ ތިޔަބައިމީހުންގެ އިތުރުން ލަވުދީކިޔާގެ މަސީޙީ ޖަމާޢަތަށާއި އަދި އަހަރެންނާ ބައްދަލުނުވެ ތިބި އެންމެނަށްޓަކައި އަހަރެން މިކުރާ ބުރަ މަސައްކަތާއި އުފުލަމުން މިގެންދާ ވޭންތައް ތިޔަ އެންމެން ދެނެގަތުމެވެ.


އަހަރެން މެސެޑޯނިޔާއަށް ފުރަމުން، އެފޭސުސްގައި ތިބާ މަޑުކޮށް އެތަނުގައި އަންގައިދެމުން ގެންދާ ދޮގު ފަތުވާތައް ހުއްޓުވުމަށް ތިބާގެ ގާތުގައި އެދެވިފައިވާނެއެވެ.


އަހަރެންނަށް އެމީހަކު ފެނުނު ހިނދު މަރުވެގެން ވެއްޓުނު މީހަކު ފަދައިން އެމީހާގެ ފައިމައްޗަށް ވެއްޓުނީމެވެ. ނަމަވެސް އެމީހާގެ ކަނާއަތުން އަހަރެން ނަންގަވައި ވިދާޅުވިއެވެ. ”⁠ބިރު ނުގަނޭ! އަހަރެންނަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވެސްމެ.


ތިބާ ދުށް އެންމެހާ ކަންތައް ލިޔޭ! އެއީ މިހާރު ހިނގާ ކަންތައްތަކާއި، އަދި ކުރިއަށްއޮތް ތާނގައި ހިނގާނެ ކަންތައްތައް.


އެގޮތުން ޔޫޙަންނާއަށް ފެނުނު ކަންތައްތައް އެ ހިނގާދިޔަ ފަދައިން ބުނެދިނެއެވެ. މިއީ މާތްރަސްކަލާނގެ ދެއްވި އެކަލާނގެ ޚަބަރުފުޅުތަކާއި މެދުވާ ސާބިތު ހެކިތަކެއްގެ ވާހަކަތަކެވެ. އަދި އީސާ އަލްމަސީޙު ފައުޅު ކޮށްދެއްވި ތެދު ބަސްފުޅެވެ.


ތިބާއަށް އަހަރެންގެ ކަނާއަތުގައި ވަނިކޮށް ފެނުނު ހަތްތަރިއާއި، އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރުގެ ފޮރުވިފައިވާ މާނައަކީ މިއީ. އެ ހަތްތަރި ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތުގެ މަލާއިކަތުން. އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރު ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތް.⁠“


މި ސިޓީ އަކީ އޭޝިޔާ ސަރަހައްދުގައި ތިބި މަސީޙީ ޖަމާޢަތުގެ ހަތް ޖަމާޢަތަށް ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވާ ސިޓީއެކެވެ. މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ މާތްރަސްކަލާނގެ ކިބަފުޅުންނާއި، އަދި އެކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައިވާ ހަތް ރޫހުފުޅުގެ ފަރާތްޕުޅުންނާއި، ވަފާތެރި ހެކިވެރިޔާ އަދި ޚަލްޤުތަކުންގެ ތެރެއިން އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ފަރާތް ކަމަށްވާ މިދުނިޔޭގެ ހުރިހާ ރަސްރަސްކަލުންގެ ވެރިޔާ އީސާ އަލްމަސީޙުގެ ފަރާތްޕުޅުން ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްހަވެރިކަން ރައްދުކުރަމެވެ. އެކަލޭގެފާނު އަހަރެމެން ދެކެ ވާލޯބިފުޅުގެ ސަބަބުން އަހަރެމެންނަށްޓަކައި ޤުރުބާން ކުރެވި އަވާހަރަވެ ވަޑައިގެންނެވީ އެކަލޭގެފާނުގެ ލޭފޮދުން އަހަރެމެން ފާފަވެރިކަމުން މިނިވަން ކޮށްދެއްވުމަށެވެ.


ސާހިބުވަންތަ ރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އަހަރެންނަކީ އަލްފާ އަދި އޮމޭގާ. އަދި އަހަރެންނަކީ މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ކުޅަދުންވަންތަ މާތްރަސްކަލާނގެ.⁠“


އެ ތަކެތި ވާހަކަ ދައްކަން ފެށި ހިނދު އެތަކެތި ދައްކާ ވާހަކަ ލިޔުމަށް އަހަރެން ތައްޔާރުވީމެވެ. ނަމަވެސް އުޑުން މިފަދައިން ބުނިއަޑު އަހަރެން އެހީމެވެ. ”⁠ހަތް ގުގުރި ދައްކާ ވާހަކަ ސިއްރުކޮށްފައި ބަހައްޓާ. އެތަކެތި ލިޔެގެން ނުވާނެ!⁠“


އެއަށް ފަހު، ސުވަރުގެއިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠މިތަކެތި ލިޔޭ. މިހިނދުން ފެށިގެން މަރުވެދާ ހިނދު އެބައެއްގެ ކިބައިގައި މާތްރަސްކަލާނގެ އާއި މެދު އީމާންތެރިކަން ވާ ފަރާތްތަކަށް އެކަލާނގެ ބަރަކާތް ލައްވާނެ.⁠“ މާތްރޫޙުފުޅު ޖަވާބު ދެއްވިއެވެ. ”⁠އާނއެކޭ! އެބައިމީހުންގެ ބުރަ މަސައްކަތުން އެބައިމީހުންނަށް އަރާމު ލިބޭނެ. އަދި އެބައިމީހުން ކުރި އަމަލުތަކުގެ ހެޔޮ ޖަޒާ އެބައިމީހުންނަށް ލިބޭނެ.⁠“


އެއަށް ފަހު، އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠މި ތަކެތި ލިޔޭ: ޅަކަންބަޅީގެ ކައިވެނީގެ ޖާފަތަށް ދަޢުވަތު ލިބިގެންވާ ހުރިހާ އެންމެންނަށް އުފާވެރިކަން ލިބިގެންވޭ.⁠“ އަދި އިތުރަށް ވެސް އެ މަލާއިކަތާ ވިދާޅުވިއެވެ. ”⁠މިއީ މާތްރަސްކަލާނގެ ޙައްޤު ތެދު ބަސްފުޅު.⁠“


”⁠އެފޭސުސްގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ ކަނާއަތުން ހަތް ތަރި ހިފަހައްޓައިގެން ހުރެ ބައްތި އަޅުވާ ރަނުގެ ހަތް ހަރުގެ މެދުގައި ހިނގަމުން ދިޔަ ފަރާތުން ދިން ޚަބަރެއް.


”⁠ޕެރުގަމޫމުގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ ދެމިޔަލީ ތޫނު ކަނޑި ހިފައިގެންހުރި ފަރާތުން ދިން ޚަބަރެއް.


”⁠ތިޔާތިރާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރުފުޅަކީ މާތްރަސްކަލާނގެ ދަރިކަލުންގެ ފަރާތުން ދެއްވި ޚަބަރުފުޅެއް. އެއީ އެ ފަރާތެއްގެ ލޯ އަލިފާން ހުޅު ފަދައިންވާ އަދި ފައިތިލަ ވިރުވާފަ އޮފްއަރުވާފައިވާ ރަތުލޮއި ފަދައިންވާ ފަރާތް.


ތިޔާތިރާގެ މީސްތަކުންގެ ތެރެއިން އީޒާބަލްގެ އުނގަންނައިދިނުންތަކަށް އީމާން ނުވެ އަދި ޝައިތާނާގެ ފުންމިން ނޭނގޭ ސިއްރުތަކޭ އެ ކިޔާ ބަސްތަކަށް ތަބާނުވެތިބި މީހުންނަށް ބުނަން. އަހަރެން އިތުރަށް ތިޔަބައިމީހުންނަށް ބުރައެއް ނުޖައްސާނަން.


”⁠އިޒުމީރުގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވީ ފަރާތުން ދިން ޚަބަރެއް. އެއީ މަރުވުމަށް ފަހު އަލުން ދިރުނު ފަރާތް ވެސްމެ.


އެއަށް ފަހު، ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުން ވަޙީ ކުރެއްވިއެވެ. ”⁠އަދި ހުރިހާ ތަކެއްޗެއް އާ ތަކެތި ކަމުގައި އަހަރެން މިހާރު ހަދާނަން!⁠“ މީގެ އިތުރުން އެފަރާތުން އަހަރެންނަށް ވަޙީކުރެއްވިއެވެ. ”⁠މި ބަސްފުޅު ލިޔޭ، ސަބަބަކީ މި ބަސްފުޅަކީ ތެދު ބަސްފުޅު. އަދި އިތުބާރު ކުރެވޭ ބަސްފުޅު ވެސްމެ.⁠“


އަދި އެ މަލާއިކަތާ އިތުރަށް ވިދާޅުވިއެވެ. ”⁠މިފޮތުގައިވާ ވަޙީ ބަސްފުޅުތައް ވަންހަނާ ނުކުރާތި. ސަބަބަކީ މި ފޮތުގައި ބަޔާންވެގެންވާ އެންމެހާ ކަންތައްތައް ވުމުގެ ވަގުތު މިވަނީ ކައިރިވެފައި.


”⁠އަހަރެންނަކީ އީސާގެފާނު! ތިޔަ ހުރިހާ އެންމެންނަށް މި ތަކެތި ބުނެދިނުމަށް މަސީޙީ ޖަމާޢަތްތަކަށް އަހަރެންގެ މަލާއިކަތާ ފޮނުއްވީމު. އަހަރެން ވަޑައިގެންނެވީ ދާއޫދުގެފާނުގެ ދަރިފަސްކޮޅުން. އަދި އަހަރެންނަކީ ފަތިހުގެ އުޖާލާވި ތަރި ވެސްމެ.⁠“


”⁠ސަރުދީސްގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅާއި ހަތް ތަރި ހިފަހައްޓައިގެންވާ ފަރާތުން ދިން ޚަބަރެއް. ތިޔަބައިމީހުން ކުރަމުން ގެންދާ ކަންތައްތައް އަހަރެންނަށް އެނގޭ. މީހުން ދަންނަގޮތުގައި ތިޔަބައިމީހުންނީ ދިރިތިބި ބައެއް. ނަމަވެސް ޙަޤީޤަތުގައި ތިޔަބައިމީހުން ތިޔަތިބީ މަރުވެފަ.


”⁠ލަވުދީކިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ އާމީންގެ ފަރާތުން ދިން ޚަބަރެއް. އަހަރެންނީ ވަފާތެރި އަދި ތެދުވެރި ހެކިވެރިޔާ. އަދި މާތްރަސްކަލާނގެ ޚަލްޤުތަކުގެ ވެރިޔާ ވެސްމެ.


ނަމަވެސް ސަރުދީސްގެ މަސީޙީ ޖަމާޢަތުގެ ތެރެއިން ވަރަށް މަދު ބަޔަކު އެބައިމީހުންގެ އަންނައުނު ތާހިރުކޮށް ބެހެއްޓި. އެބައިމީހުންނަށް ސާފު ހުދު ހެދުމުގައި އަހަރެންނާއި އެކުގައި ހިނގޭނެ. ސަބަބަކީ އެބައިމީހުން އެކަމަށް އެކަށީގެންވާކަމުން.


”⁠ފިލަދެލްފިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ މާތް އަދި ތެދުވެރި ފަރާތުން ދިން ޚަބަރެއް. ދާއޫދުގެފާނަށް މިލްކުވެގެންވީ ތަޅުދަނޑި ވަނީ އަހަރެންގެ އަތުގައި. އަދި އަހަރެން ދޮރެއް ހުޅުވައިފިނަމަ އެ ދޮރެއް ބަންދުކުރެވެނޭ ފަރާތެއް ނުހުންނާނެ. އަދި އަހަރެން ދޮރެއް ލައްޕައިފިނަމަ އެ ދޮރެއް ހުޅުވޭނޭ ފަރާތެއް ވެސް ނުހުންނާނެމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ