ހާމަކޮށްދެއްވުންތަކެއް 1:10 - ކިތާބުލް މުޤައްދަސާ10 މާތްސާހިބާގެ ދުވަހުގައި މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި ތާޅަފިލީގެ އަޑުފަދަ ގަދަ އަޑެއް އަހަރެންނަށް އިވުނެވެ. އެ ހިނދު އެއަޑު އަހަރެންގެ ފުރަގަހުން ވާހަކަ ދައްކަމުން ދިޔައެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ހަނަފަސް ސަހަރާއެއްގެ ތެރެއަށް އެ މަލާއިކަތާ އަހަރެން ގެންދިޔައެވެ. ހަތް ބޮލާއި އަދި ދިހަ ދަޅު ހުރި ރަތްކުލައިގެ ދާއްބައެއްގެ މަތީގައި އިށީނދެ އިން އަންހެނަކު އަހަރެން ދުށީމެވެ. އެ ދާއްބައިގެ މުޅި ހަށިގަނޑު ފޮރުވިގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށް ނިސްބަތް ކޮށް ލިޔެފައިވާ ކުފުރުގެ ބަސްތަކުންނެވެ.