Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހާމަކޮށްދެއްވުންތަކެއް 1:1 - ކިތާބުލް މުޤައްދަސާ

1 މި ފޮތަކީ އީސާ އަލްމަސީޙަށް މާތްރަސްކަލާނގެ ހާމަކޮށްދެއްވި ހާމަކޮށްދެއްވުން ތަކެކެވެ. އެއީ ދުރުނޫން ގޮތެއްގައި ހިނގާނެ ޙާދިސާ ތަކެއްގެ ޚަބަރު އެކަލޭގެފާނުގެ ޚާދިމުންނަށް ބުނެދެއްވުމަށެވެ. އަދި އަލްމަސީޙުގެ މަލާއިކަތާ އެކަލޭގެފާނުގެ ޚާދިމު ޔޫޙަންނާއަށް ހިނގާނެ މި ޙާދިސާތައް އަންގައި ދިނުމަށް ފޮނުއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހާމަކޮށްދެއްވުންތަކެއް 1:1
30 ပူးပေါင်းရင်းမြစ်များ  

އަހަރެން އަންގާދެނީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫން. އަހަރެން އަންގާދެނީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅު އެންގެވި ބަސްފުޅުތައް.


ނޯކަރުންނަކަށް އެމީހުންގެ ވެރިމީހާ ކުރަން އުޅޭ ކަންތައްތަކެއް ކިޔައެއް ނުދޭނެ. އަހަރެން ކަލޭމެންނާއި މެދު މިހާރު މިދެކެނީކީ އަހަރެންގެ ނޯކަރުންގެ ގޮތަކު ނޫން. އަހަރެން ކަލޭމެންނާއި ދޭތެރޭ ކަންތައް ކުރަނީ ކަލޭމެންނަކީ އަހަރެންގެ ރައްޓެހިންގެ ގޮތުގައި. އެހެންކަމުން ބައްޕާފުޅު އެންގެވި ހުރިހާ ކަމެއް އަހަރެން ކަލޭމެންނަށް އަންގައިދިނިން.


އަޅުގަނޑު އިނބަރަސްކަލާނގެ އެންގެވި ހުރިހާ ބަސްފުޅުތަކެއް އެމީހުންނަށް އަންގާ ދިނިން. އަދި އެމީހުން އެބަސްފުޅުތައް ގަބޫލުކުރި. އަދި އަޅުގަނޑު އައީ އިނބަރަސްކަލާނގެ ފަރާތްޕުޅުންކަން އެމީހުންނަށް އެނގި ޔަޤީންވި. އަޅުގަނޑު ފޮނުއްވީ އިނބަރަސްކަލާނގެ ކަން ގަބޫލުކޮށް އެމީހުން އީމާންވި.


އެކަލޭގެފާނު އެ ވިދާޅުވަނީ އެކަލޭގެފާނު ލޯފުޅުން ދެކެވަޑައިގެން އަތްޕުޅުން ހިއްޕަވާފައިވާ ކަންތަކެއްގެ ވާހަކަ. އެކަމަކު އެކަކު ވެސް އެ ބަސްފުޅެއް ގަބޫލެއް ނުކުރޭ.


ކަލޭމެން ކުށްވެރި ކުރުމަށް ބުނާނެ އެތައް ބަސްތަކެއް އަހަރެންނަށް އެނގޭ. ނަމަވެސް އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅުތަކަކީ ތެދު. އެހެންކަމުން އަހަރެން މިދުނިޔޭގެ މީސްތަކުންނަށް މިބުނެދެނީ ހަމައެކަނި އަހަރެން ފޮނުއްވި ފަރާތުން އަހަރެން އަހާފައިވާ ބަސްފުޅުތައް.⁠“


އެޚަބަރަކީ އެއްވެސް އިންސާނަކު އަހަރެންނަށް ދިން ޚަބަރެއް ވެސް ނޫނެވެ. އަދި އެއަކީ އަހަރެން އެހެން އިންސާނެއްގެ ކިބައިން ދަސްކޮށްގެން އައިސް ކަލޭމެންނަށް ކިޔާދިން ވާހަކަތަކެއް ވެސް ނޫންމެއެވެ. އެއުފާވެރި ދިންނެވުމުގެ ޚަބަރު އަހަރެންނަށް ދައްކަވާ އަންގަވައިދެއްވީ ޚުދު އީސާ އަލްމަސީޙު އެވެ.


ޙަޤީޤަތުގައި އަހަރެންގެ މި ސިޓީގައި ތިޔަބައިމީހުންނަށް ބުނެދީފައިވާނީ މާތްރަސްކަލާނގެ އެކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭއްވެވުމާއިމެދު އަހަރެންނަށް ދައްކުވައި ދެއްވި ގޮތުގެ ވަރަށް މަދު މިންވަރެކެވެ.


މާތްރަސްކަލާނގެ ޚާދިމު އަދި އީސާ އަލްމަސީޙުގެ މަންދޫބު ޕައުލް ލިޔަމެވެ. މާތްރަސްކަލާނގެ އަހަރެން ފޮނުއްވީ އީމާންތެރިކަމުގައިވެ އެކަލާނގެ ހޮއްވަވާފައިވީ ފަރާތްތަކަށް ހިތްވަރު ދީ އީމާންތެރިކަން އިތުރުކޮށް އެކަލާނގެ މަގުގައި އުޅޭނޭ ޙަޤީޤަތުގެ އިލްމު އުގަންނައި ދިނުމަށެވެ.


ތިބާ ދުށް އެންމެހާ ކަންތައް ލިޔޭ! އެއީ މިހާރު ހިނގާ ކަންތައްތަކާއި، އަދި ކުރިއަށްއޮތް ތާނގައި ހިނގާނެ ކަންތައްތައް.


އަހަރެންނީ ތިޔަބައިމީހުންގެ އަޚު، ޔޫޙަންނާއެވެ. އަލްމަސީޙުގެ ރަސްކަންފުޅުގައި ވޭން ތަޙައްމަލުކުރުމުގައި ޙިއްސާވާ އަދި އެކަލޭގެފާނު ދެއްވާ ކެތްތެރިކަމުގައި ކުރިޔަށް ދާ ތިޔަބައިމީހުންގެ ބައިވެރިޔަކީމެވެ. އަހަރެން ޕާތުމޮސް ކިޔާ ރަށަށް އަރުވާލީ މާތްރަސްކަލާނގެ ބަސްފުޅުންނާއި އަދި އީސާގެފާނުގެ ހެޔޮ ޚަބަރުފުޅުން ވަޢުޡު އިއްވަމުން ދިއުމުގެ ސަބަބުންނެވެ.


އެއަށް ފަހު، ހަތް ބޯތަށި ހިފަހައްޓަވައިގެން ތިއްބެވި ހަތް މަލާއިކަތުންގެ ތެރެއިން މަލާއިކަތަކު އަހަރެންގެ ކައިރިއަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކުގައި އާދޭ. ގިނަ ކޯރުތަކުގެ ފެންމަތީގައި އިށީނދެގެން އިން ގަދަފަދަ ނާސި އަންހެނާއަށް ހުރި ޢުޤޫބާތް އަހަރެން ތިބާއަށް ދައްކައިދޭނަން.


އަހަރެން އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ. ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި އަދި އީސާގެފާނާއި މެދު ހެކިވަނިވި ފަރާތްތަކާއި އެއްފަދައިން މާތްރަސްކަލާނގެ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރަން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެހެނީ އީސާގެފާނާއިމެދު ހެކިދޭ ކޮންމެ މީހަކުމެ ބުނެދެނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން.⁠“


އެއަށް ފަހު، އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠މި ތަކެތި ލިޔޭ: ޅަކަންބަޅީގެ ކައިވެނީގެ ޖާފަތަށް ދަޢުވަތު ލިބިގެންވާ ހުރިހާ އެންމެންނަށް އުފާވެރިކަން ލިބިގެންވޭ.⁠“ އަދި އިތުރަށް ވެސް އެ މަލާއިކަތާ ވިދާޅުވިއެވެ. ”⁠މިއީ މާތްރަސްކަލާނގެ ޙައްޤު ތެދު ބަސްފުޅު.⁠“


މުޤައްދަސް ސަހަރު ކަމުގައިވާ އާ ޖެރޫސަލަމް، އަލަތު ކައިވެނީގެ އަނތްބަކު ކައިވެނީގެ ހެދުމުގައި އަލަތު ފިރިމީހާއާއި ބައްދަލު ކުރުމަށް ތައްޔާރުވެގެން އައި ފަދައިން މާތްރަސްކަލާނގެ ޙަޟްރަތުން އުޑުން ތިރިއަށް ފައިބައިގެން އައިތަން އަހަރެން ދުށީމެވެ.


އެންމެ ފަހުގެ ހަތް މުސީބާތްތައް އަޅާފައިވާ ހަތް ބޯތަށި ހިފައިގެން ތިއްބައި ކުރީގައި ފެނުނު ހަތް މަލާއިކަތުންގެ ތެރެއިން އެއް މަލާއިކަތަކު އަހަރެންގެ ކައިރިއަށް އައިސް ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކުގައި އާދޭ! ތިބާއަށް ޅަކަންބަޅީގެ އަލަތު އަނބިމީހާ އަހަރެން ދައްކައިދޭނަން.⁠“


ސާފު ބިއްލޫރި ފަދައިން އަލިކަން ހުރި ޙަޔާތުގެ ދިރުން ލިބިދޭ ފެންކޯރު އެ މަލާއިކަތާ އަހަރެންނަށް ދެއްކެވިއެވެ. އަދި އެ ކޯރު އައީ މާތްރަސްކަލާނގެ ތަޚުތުކޮޅުންނާއި ޅަކަންބަޅީގެ ފަރާތުންނެވެ.


”⁠އަހަރެންނަކީ އީސާގެފާނު! ތިޔަ ހުރިހާ އެންމެންނަށް މި ތަކެތި ބުނެދިނުމަށް މަސީޙީ ޖަމާޢަތްތަކަށް އަހަރެންގެ މަލާއިކަތާ ފޮނުއްވީމު. އަހަރެން ވަޑައިގެންނެވީ ދާއޫދުގެފާނުގެ ދަރިފަސްކޮޅުން. އަދި އަހަރެންނަކީ ފަތިހުގެ އުޖާލާވި ތަރި ވެސްމެ.⁠“


އެއަށް ފަހު އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠މި ބަސްފުޅުތަކަކީ ޙައްޤު ތެދުބަސްފުޅުމެ. އަދި އިތުބާރު ކުރެވޭ ބަސްފުޅު ވެސްމެ. އަދި ނަބީބޭކަލުންނަށް އެކަލާނގެ މާތްރޫޙުފުޅު ދެއްވި ސާހިބުވަންތަ މާތްރަސްކަލާނގެ އެކަލާނގެ ޚާދިމުންނަށް ވަރަށް ކައިރި މުސްތަގުބަލެއްގައި ހިނގައިފާނެ ޙާދިސާތައް ދައްކައިދިނުމަށް އެކަލާނގެ މަލާއިކަތާ ފޮނުއްވިއެވެ.⁠“


އަހަރެން ޔޫޙަންނާ، މި އެންމެހާ ވާހަކަތައް އަޑު އަހައި އަދި މި އެންމެހާ ކަންތައްތައް ދުށީމެވެ. އަދި މިކަންތައްތަކުގެ އަޑު އަހަރެން އަހައި އެ ހުރިހާ ކަމެއް އަހަރެންނަށް ފެނި ނިމުމަށް ފަހު މި ހުރިހާ ކަންތައްތައް އަހަރެންނަށް ދެއްކެވި އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ.


ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި، އަދި ތިބާގެ އަޚުން ކަމުގައިވާ ނަބީންނާއި، އަދި މިފޮތުގައިވާ ބަސްފުޅުތަކަށް ކިޔަމަންތެރިވާ މީހުން ފަދަ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރާން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް!⁠“


އެއަށް ފަހު، އުޑުން ދޮރެއް ހުޅުވުނު ތަން އަހަރެން ދުށީމެވެ. އަދި ތާޅަފިލީގެ އަޑުފަދައިން އަޑެއް ވެސް އިވުނެވެ. އެއީ މީގެ ކުރިން އަހަރެންނާއި ވާހަކަ ދެއްކި އަޑެއްފަދަ އަޑެކެވެ. އެ އަޑު އަހަރެންނަށް ބުންޏެވެ. ”⁠މިތާ މައްޗަށް އާދޭ. އަދި މިއަށް ފަހު ހިނގައިދާނޭ ކަންތައްތަކުގެ ޙާދިސާތައް އަހަރެން ތިބާއަށް ދައްކައިދޭނަން.⁠“


ތަޚުތުގައި އިށީނދެ ވަޑައިގެން އިންނެވި ފަރާތުގެ ކަނާތު އަތްޕުޅުގައި އޮތް ފޮތް ޅަކަންބަޅި ގޮސް ނެގިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ