8 ފޮނިކަނޑާ މީހަކު އިސްލާހު ކުރަން އުޅެފިއްޔާ އޭނާ ކަލޭ ދެކެ ކުރާނީ ނަފުރަތެވެ. ބުއްދިވެރި މީހާ ކަލޭދެކެވާނީ ލޯތްބެވެ.
ވިސްނުންތެރީން އަދި އެއަށް ވުރެން ވެސް ވިސްނުންތެރިވެދެއެވެ. ތިމާއަކީ ހުޝިޔާރު މީހެއް ނަމަ ކަންކަން އިތުރަށް ދަސްވެދެއެވެ.
ކަލޭގެ ކިބައިގައި ހެޔޮވިސްނުމެއް ވާނަމަ ހެޔޮބަސް ގަބޫލުކޮށް ހެޔޮ ނަސޭހަތުގެ އަޑު އަހާހިތް ވާނެއެވެ. އަނގަގަދަ މޮޔައިން ވެއްޓޭނީ އަނގަވަތަށެވެ.
ބުއްދިވެރި ދަރިން އެ ދަރިންގެ މައިންބަފައިން ތަރުބިއްޔަތު ކުރުމުން އެކަން ބަލައިގަނެއެވެ. ފުރައްސާރަކުރާ ދަރިން އެ ތަރުބިއްޔަތަކަށް ސަމާލުކަމެއް ނުދެއެވެ.
ތަރުބިއްޔަތު ބަލައި ނުގަންނަ މީހާ އަގުވެއްޓި، ވާނީ ފަގީރެވެ. ނަސޭހަތުގެ އަޑުއަހާމީހާ ވާނީ ޝަރަފުވެރިއެވެ.
ޖެއްސުން ކުރާ މީހުން ތަރުބިއްޔަތު ވާކަށް ބޭނުމެއް ނުވެއެވެ. ބުއްދިވެރިންގެ ނަސޭހަތް އަހާކަށް އެމީހުން ބޭނުމެއް ނުވެއެވެ.
ނުވިސްނޭ މީހުންނަށް ތަންދޮރު އެނގެނީ ފުރައްސާކުރާ މީހާއަށް އަދަބުލިބޭތަން ފެނުމުންނެވެ. ވިސްނޭ މީހާ އިސްލާހުކޮށްލުމުން އޭނާ އެކަން ވިސްނައިގަނެއެވެ. އަދި ކުރިޔަށް ވުރެން ވެސް ބޮޑަށް އޭނާއަށް ތަންދޮރު އެނގިދެއެވެ.
ތެދު ޙަޤީޤަތް ހޯދާށެވެ. އެ ވިއްކާ ނުލާށެވެ. ބުއްދިއާއި ތަރުބިއްޔަތާއި ލިބިގަނެ ހެޔޮނުބައި ދަސްކޮށް ތިމާގެ ކިބައިގައި އެކަންތައް ހަރުލައްވާށެވެ.
މޮޔައިންގެ ގާތު ހެޔޮބަސްތައް ބުނާނެކަމެއް ނެތެވެ. ކިތަންމެ ދެކޮޅުޖެހޭ ވާހަކައެއް ބުންޏަސް އެމީހުން ދޭނީ ފުރަގަހެވެ.
ފަހުވަގުތު މީހުން ބޭނުންވާނީ ތެދުވެރި ފާޑު ކިޔުމެވެ. ޚުޝާމަދު ކުރުމެއް ނޫނެވެ.
ވިސްނައިދިނުމުން އެކަން އިސްލާހު ނުކުރާ މީހާ އަލުން އަނބުރާ ނާދެވޭވަރަށް ކުއްލިއަކަށް ހަލާކުވެ ހިނގައިދާނެއެވެ.
ފަރީސީންނާއި ދުރުގައި ވޭ! އެބައިމީހުންނީ ލޯކަނު މަގުދައްކާދޭ މީހުން. އަދި ކަނަކު އަނެއް ކަނަކަށް މަގު ދައްކަން ވެއްޖެ ނަމަ އެ ދެމީހުން އެކުގައި ވަޅުގަނޑަކަށް ވެއްޓިދާނެ.“
ޤުދުސީވެގެންވާ ތަކެތި ކުއްތާތަކަށް ނުދީ. އެއީ އެ ކުއްތާތައް މީހުންނާ ކުރިމަތިލާ ހަމަލާދޭ. އަދި ތިޔަބައިމީހުންގެ އަތުގައިވާ މުތްތައް އޫރުތަކުގެ ކުރިމައްޗަށް ނުއުކާ. އެއީ އެ އޫރުތައް އެ މުތްތަކަށް ފައިން އަރާ މުގުރާ ލާނެ.“