7 އަނގަހަޑި މީހަކަށް ނަސޭހަތެއް ދޭ މީހާއާ ކުރިމަތިވާނީ ހަޑި ހުތުރު ބަސްތަކެވެ. ނުލަފާ މީހަކުގާތު ހެޔޮ އެއްޗެއް ބުނާ މީހާއަށް ލިބޭނީ އަނިޔާއެކެވެ.
ބުއްދިވެރި ދަރިން އެ ދަރިންގެ މައިންބަފައިން ތަރުބިއްޔަތު ކުރުމުން އެކަން ބަލައިގަނެއެވެ. ފުރައްސާރަކުރާ ދަރިން އެ ތަރުބިއްޔަތަކަށް ސަމާލުކަމެއް ނުދެއެވެ.
ޖެއްސުން ކުރާ މީހުން ތަރުބިއްޔަތު ވާކަށް ބޭނުމެއް ނުވެއެވެ. ބުއްދިވެރިންގެ ނަސޭހަތް އަހާކަށް އެމީހުން ބޭނުމެއް ނުވެއެވެ.
މޮޔައިންގެ ގާތު ހެޔޮބަސްތައް ބުނާނެކަމެއް ނެތެވެ. ކިތަންމެ ދެކޮޅުޖެހޭ ވާހަކައެއް ބުންޏަސް އެމީހުން ދޭނީ ފުރަގަހެވެ.