Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 9:6 - ކިތާބުލް މުޤައްދަސާ

6 ކަލޭމެން ދިރިއުޅެން ބޭނުންނަމަ ކަލޭމެންގެ ތިޔަ މޮޔަކަން ދޫކޮށްލާފައި ބުއްދީގެ މަގުން ހިނގާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 9:6
17 ပူးပေါင်းရင်းမြစ်များ  

ތިމާ އިސްލާހު ކުރުމުން އެކަން ބަލައިގަންނާށެވެ. އޭރުން ކަލޭގެ ދިރިހުރުން އާރާސްތު ވާނެއެވެ. އިސްލާހު ނުވާމީހާ މަގުން އެއްކިބާވެދާނެއެވެ.


ބުއްދިވެރި ރަޙުމަތްތެރިންގެ ކިބައިން ލިބޭނީ ވިސްނުމެވެ. މޮޔަ ރަޙުމަތްތެރިންގެ ގާތުން ދަސްވާނީ ހަލާކުގެ މަގެވެ.


މަގޭ ދަރިފުޅާއެވެ. އަޑުއަހައި ބުއްދިވެރިވާށެވެ. ކަލޯގެ ހިތް ތެދުމަގުގެ މަތީ ދަމަހައްޓާށެވެ.


ކަލޯއަށް ބުއްދި ލައިދީ، އުޅޭނެ ހެޔޮގޮތް އަހަރެން ދަސްކޮށް ދިނީމެވެ.


އަހަރެން ފެންނަ މީހަކަށް ދިރުން ލިބޭނެއެވެ. އަދި އެބަޔަކާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގެންވާނެއެވެ.


އަހަރެންގެ ފަހަތުން ކަލޭމެން އުޅޭނަމަ ކަލޭމެންނަށް ދިގު އުމުރެއް ލިބޭނެއެވެ.


”⁠ސުވަރުގެއަށް ވަނުމަށް ވާ ދޮރު ވަރަށް ހަނި. އެ ހަނި ދޮރުން ވަދެވޭތޯ ބެލުމަށް ވީހާ ވެސް މަސައްކަތެއް ކުރޭ. އެއީ އެތައް ބަޔަކު ވެސް އެހަނިދޮރުން ވަންނަން އުޅޭނެ، ނަމަވެސް ނުވަދެވޭނެ.


ޕަތަރަސް އެތައް އިރެއް ވަންދެން މި ގޮތުގެ މަތިން އެމީހުންނާއި ވާހަކަ ދެއްކިއެވެ. ޕަތަރަސް އެމީހުންނަށް އާދޭހާ އެކު ބުންޏެވެ. ”⁠ކަލޭމެންގެ ނަފްސު މި ނުބައި ޒަމާނުގެ މީހުންގެ ނުފޫޒުން ސަލާމަތް ކުރޭ.⁠“


ދެން އަހަރެންނަށް އުޑުން އެހެން އަޑެއް އިވުނު. ”⁠އަހަރެންގެ މީހުންނޭ، އާދޭ! އެއަންހެނާ ދޫކޮށް އެތަނުން ނުކުމޭ! އޭނާ ކުރާ ފާފައިގެ ތެރޭގައި ތިޔަބައިމީހުން ބައިވެރި ނުވާތި! އޭރުން އޭނާއަށް ލިބޭ އަޒާބު ތިޔަބައިމީހުންނަށް ނުލިބޭނެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ