11 އަހަރެންގެ ފަހަތުން ކަލޭމެން އުޅޭނަމަ ކަލޭމެންނަށް ދިގު އުމުރެއް ލިބޭނެއެވެ.
މާތްރަސްކަލާނގެއަށް ބިރުވެތިވެ ވާށެވެ. އޭރުން ކަލޭގެ އުމުރު ދިގުވާނެއެވެ. ނުބައިކަންތައް ކުރާ މީހާގެ އުމުރު ކުރުވާނެއެވެ.
ވިސްނުންތެރި ކަމުގެ ކަނާތުގައި ވަނީ ދިގު އުމުރެކެވެ. ވާތުގައި ވަނީ މުދަލާއި ތަނަވަސްކަމާއި ޝަރަފެވެ.
ކަލޯ މި ބަސްތައް އަހައިފިނަމަ ކަލޯއަށް އުފާވެރި ދިގު އުމުރެއް ލިބިގެންދާނެއެވެ.
ކަލޭމެން ދިރިއުޅެން ބޭނުންނަމަ ކަލޭމެންގެ ތިޔަ މޮޔަކަން ދޫކޮށްލާފައި ބުއްދީގެ މަގުން ހިނގާ.“