Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 8:9 - ކިތާބުލް މުޤައްދަސާ

9 ކަލޭމެންގެ ކިބައިގައި ކިރިޔާ ވެސް ވިސްނުމެއް ހުރިނަމަ އަހަރެން މިބުނަނީ ތެދެއްކަން ސާފުކޮށް އޮޅުމެއްނެތި އެނގިގެންދާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 8:9
17 ပူးပေါင်းရင်းမြစ်များ  

ޙިކުމަތަށް ފުރައްސާރަ ކުރާ މީހާއަކަށް ތަންދޮރެއް ނޭނގެއެވެ. އިލްމު ލިބެނީ ތަންދޮރު އެނގުމުންނެވެ.


ބުއްދިވެރިން އިލްމު ހޯދަން ގަދައަޅައެވެ. މޮޔައިންނަށް ޖާހިލުކަމުން ފުދެއެވެ.


ބުއްދިވެރިޔާ ދާނީ ޙަޔާތާ ދިމާއަށް ކުރިއަށެވެ. އެމީހުންގެ ކަށްވަޅުތަކަށް ވެސް ފުރަގަސް ދީފައެވެ.


ހަމަ ވިސްނޭ މީހާ ބަލާނީ ޙިކުމަތާ ދިމާއަށެވެ. މޮޔައެއްގެ ލޯ ދުނިޔޭގެ ކަންކޮޅަށް ފޯރުވާނެއެވެ.


ވިސްނުންތެރިން ދަސްކުރުމަށް ތައްޔާރުގައި ތިބެއެވެ. އެމީހުންގެ ކަންފަތް އިލްމަށް ހުޅުވައިގެން ތިބެއެވެ.


ބުއްދިއާއި ތަންދޮރުދަތުން ލިބިގަންނަ މީހުންނަށް މާތްކަލާނގެ ބަރަކާތް ލައްވައެވެ.


ނަބީބޭކަލުންގެ ފަތްފުށްތަކުގައި މިފަދައިން ލިޔެވިގެންވޭ. ’⁠އެމީހުންނަށް ދަސްކޮށް ދެއްވާނީ މާތްރަސްކަލާނގެ.⁠‘ ބައްޕާފުޅުގެ ބަސްފުޅު އަޑުއަހައި ދަސްކޮށްފި ކޮންމެ މީހަކު އަހަރެންގެ ގާތަށް އަންނާނެ.


މާތްރަސްކަލާނގެ އަންގަވާގޮތަށް ކަންތައް ކުރަން އެދޭ މީހަކަށް އަހަރެން މި ބުނެދޭ ތަކެއްޗަކީ މާތްރަސްކަލާނގެ އެންގެވުންތައްކަން ހާމަވެގެންދާނެ. އަދި މިއީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫންކަން ވެސް އެނގިގެންދާނެ.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތު ވޭތުކުރުމުގެ ޙިކުމަތް ކަލޭމެންގެ ތެރެއިން އެއްވެސް މީހަކަށް ލިބިގެންނުވާނަމަ އެކަލާނގެ ކިބަފުޅަށް އެމީހަކު އެދި ދަންނަވާށެވެ. އަދި އެފަދައިން އެދޭ ހުރިހާ އެންމެންނަށް ފާޑުކިޔުމެއްނެތި ދީލަތިކަމާއެކު އެކަލާނގެ ޙިކުމަތް ދެއްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ