Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 8:7 - ކިތާބުލް މުޤައްދަސާ

7 އަހަރެންގެ އަނގަ އަބަދުވެސް ބުނަނީ ތެދުބަސްތަކެވެ. ދޮގުބަސްތައް މަގޭ ތުންފަތަކަށް ކެތެއް ނުވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 8:7
13 ပူးပေါင်းရင်းမြစ်များ  

ދޮގުވެރިޔާދެކެ މާތްރަސްކަލާނގެ ނަފްރަތު ކުރައްވައެވެ. ތެދުވެރިންނަކީ އެކަލާނގެއަށްވާ އުފާފުޅެކެވެ.


ރަސްގެފާނަކަށް ބޭއިންސާފަކަށް ކެތެއް ނުކުރެވޭނެވެ. އެހެނީ ވެރިކަމުގެ ބާރު ދެމި އޮންނަނީ އަދުލުވެރިކަން އޮތީމައެވެ.


ހެޔޮ މީހުން ބޭއިންސާފުވެރި މީހުން ދެކެ ނަފްރަތުކުރެވެ. ނުބައި މީހުން ޞާލިޙުން ދެކެ ނަފްރަތު ކުރެއެވެ.


މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރި ކުރައްވާ އެކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތައް އެންގެވިއެވެ. ނަމަވެސް އެކަލާނގެ ދެއްވާ ދެގޮތެއްވުމެއް ނުވާ، ބަދަލުވުމެއް ނުވާ ލޯބިފުޅާއި އެކަލާނގެއާއި ބެހޭ ތެދު ފާޅުވެ އެނގުނީ އީސާ އަލްމަސީޙު މެދުވެރިކޮށެވެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ.


ތެދު ބަސްފުޅާ އެއްގޮތް ވާގޮތުގެ މަތިން އެމީހުންނަކީ އިނބަރަސްކަލާނގެ އަށް ޚާއްސަ ކުރެވިފައިވާ ބައެއް ކަމުގައި ލައްވަވާށި. އެހެނީ އިނބަރަސްކަލާނގެ ބަސްފުޅަކީ ޙައްޤު ތެދު.


އީސާގެފާނު މިހެން ވިދާޅުވި އަޑު އިވި ޕިލާތުސް ބުންޏެވެ. ”⁠އެހެން ވިއްޔާ ކަލޭ ތިޔައީ ހަމަ ރަސްކަލަކީމު ތަ؟⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ވިދާޅުވީ ނޫންތޯ އަޅުގަނޑަކީ ރަސްކަލެކޭ؟ އަޅުގަނޑު އުފަންވެ ދުނިޔެއަށް އައީ ހަމަ އެކަނި މި ސަބަބަށްޓަކައި. އެއީ ތެދުބަސްތައް އަންގައި ދިނުމަށް. ތެދު ހަޤީޤަތުގެ ތެރޭގައި ހުރި މީހަކު ނަމަ އެމީހަކު އަޅުގަނޑުގެ ބަސްތައް އަޑުއަހައި ދެނެގަންނާނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނާ މެދު މި ބަސްތައް ބުނެ އަހަރެން ހެކިދިން ނަމަވެސް މިއީ ތެދު ބަސްތަކެއް. އެއީ އަހަރެން މިއައީ ކޮންތަނަކުން ކަމާއި އަދި އަހަރެން ދާނީ ކޮންތަނަކަށް ކަން އަހަންނަށް އެނގޭތީ. އެކަމަކު އަހަރެން މިއައި ތަނެއް ވެސް އަދި ދާނެ ތަނެއް ވެސް ކަލޭމެންނަކަށް ނޭނގޭނެ.


”⁠ލަވުދީކިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ އާމީންގެ ފަރާތުން ދިން ޚަބަރެއް. އަހަރެންނީ ވަފާތެރި އަދި ތެދުވެރި ހެކިވެރިޔާ. އަދި މާތްރަސްކަލާނގެ ޚަލްޤުތަކުގެ ވެރިޔާ ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ