ހަރުބަސްތައް 8:36 - ކިތާބުލް މުޤައްދަސާ36 އަހަރެން ނުހޯދައިފި ނަމަ ގެއްލުން ހުރީ އެމީހަކަށެވެ. އަހަރެންދެކެ ނަފްރަތު ކުރާ މީހާ ލޯބި ކުރަނީ މަރަށެވެ.“ အခန်းကိုကြည့်ပါ။ |
ނަމަވެސް ޕައުލް އާއި ބަރުނައްބާސް ވަރަށް ކެރިތިބެގެން ވާހަކަދެއްކިއެވެ. އެމީހުން ބުންޏެވެ. ”މާތްރަސްކަލާނގެ ދެއްވި މި ދެންނެވުމުގެ ޚަބަރު ފުރަތަމަ ބަނީއިސްރާއީލު މީހުންނަށް ދިނުން އެއީ އެކަލާނގެ އެދިވޮޑިގެންވީ ގޮތް. ނަމަވެސް ކަލޭމެން ތިޔަ ދެކުނީ ކަލޭމެންނަކީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެކަށީގެންވާ ބަޔެއް ނޫން ކަމުގަ. އަދި ކަލޭމެން އެ ދިންނެވުމުގެ ޚަބަރުފުޅު ބޭނުންނުކޮށް އެއްލާލި. އެހެން ކަމުން އަހަރެމެން މި ދިންނެވުމުގެ ޙަބަރައިގެން މި ދަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް.
އެކަމަކު މާތްރަސްކަލާނގެ ދަރިކަލުންގެ ޤަދަރު ކުޑަކޮށް އެކަލޭގެފާނުގެ ލޭފޮދުގެ އަގު ވައްޓާލާ މީހާ އެ ކުރަނީ އަދި މާ ނުބައި ކަމެކެވެ. އެހެނީ އެކަލޭގެފާނުގެ ލޭފޮދު އޮހޮރުވިފައި އެވަނީ އަހަރެމެން ސާފުތާހިރު ކުރެއްވުމަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވީއިރު އަހަރެމެންނަށް ނިޢުމަތްދެއްވާ މާތްރޫޙުފުޅާ މެދު އެ ކުރެވެނީ ކިހާ ބޮޑު އިހާނާތެއް ހެއްޔެވެ؟ އެފަދަ ކަމެއް ކުރާ މީހަކަށް ހުރީ ކިހާ ބޮޑު ސަޒާއެއް ހެއްޔެވެ؟
މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.