Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 8:35 - ކިތާބުލް މުޤައްދަސާ

35 އަހަރެން ފެންނަ މީހަކަށް ދިރުން ލިބޭނެއެވެ. އަދި އެބަޔަކާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގެންވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 8:35
18 ပူးပေါင်းရင်းမြစ်များ  

އެއާ ޚިލާފަށް ކަލޭމެން އަހަރެންގެ ބަސް އަހާނަމަ ކަލޭމެންނަށް ރައްކާތެރިކަން ލިބިގަނެވޭނެއެވެ. ކަލޭމެންނަކަށް ކުއްލި މުސީބާތަކަށް ބިރެއް ގަންނާކަށެއް ނުޖެހޭނެއެވެ.⁠“


މާތްރަސްކަލާނގެ ރުހިވޮޑިގަންނަވަނީ ހެޔޮމީހުންނަށެވެ. ނުބައިރޭވުންތައް ރާވާ މީހުންދެކެ އެކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ.


އަނތްބެއް ލިބޭ މީހާއަށް ޚަޒާނާއެއް ލިބިއްޖެއެވެ. އެއީ މާތްރަސްކަލާނގެ ދެއްވާ ނިޢުމަތެކެވެ.


އެގޮތުން ކަލޯއަށް ހިތްގައިމު ދިގު އުމުރެއް ލިބިގެންދާނެވެ.


މިހެން ކަލޯ ކަންތައް ކޮށްފިނަމަ މާތްކަލާނގެ ކަލޯ ދެކެ ރުހިވޮޑިގެންވާނެއެވެ. އަދި އެންމެން ވެސް ކަލޯއާ ރުހޭނެއެވެ.


އަހަރެން މިދޭ ފިލާވަޅުތަކުގައި ރަނގަޅަށް ހިފަހައްޓާށެވެ. އެއީ ކަލޯގެ ދިރިއުޅުމެވެ.


މިބަސްތައް އެނގި ހުރުމަކީ ތިމާގެ ދިރިހުރުމެވެ. ތިމާގެ ސިއްޙަތެވެ.


ކަލޭމެން ދިރިއުޅެން ބޭނުންނަމަ ކަލޭމެންގެ ތިޔަ މޮޔަކަން ދޫކޮށްލާފައި ބުއްދީގެ މަގުން ހިނގާ.⁠“


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ.


ނިމުންނުވާ ދިރިހުރުން ލިބުމުގެ މާނައަކީ ހަމައެކަނި މުޠުލަގުވަންތަ ކަލަކީ ކޮބައިކަން އެނގުމާއި އަދި އިނބަރަސްކަލާނގެ ފޮނުއްވި އީސާ އަލްމަސީޙު އަކީ ކޮބައިކަން އެނގި ކަށަވަރު ވުން.


މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.


އަދި ދަރިކަލުންގެ ބަސްފުޅުތައް އަހައި އެކަލޭގެފާނަށް އީމާންވެއްޖެ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފައި. އަދި އެ ދަރިކަލުން ގަބޫލު ނުކޮށް އެކަލޭގެފާނަށް ކިޔަމަން ނުވި މީހަކަށް ނިމުންނުވާ ޙަޔާތެއް ނުލިބޭނެ. އެމީހަކަށް ވަނީ މާތްރަސްކަލާނގެ ކޯފާ ލެއްވިފައި.⁠“


އަދި މިހުރިހާ ކަމެއް ގެނެސްދެނީ އެކަލާނގެއަށްޓަކައި އަހަރެމެން ޙަމްދާއި ސަނާ ކިޔުމަށެވެ. ސަބަބަކީ އަހަރެމެންނަށްޓަކައި އެކަލާނގެ ލެއްވި ޙައިރާން ކުރުވަނިވި ނިޢުމަތްފުޅެވެ. އެ ނިޢުމަތްފުޅު އެކަލާނގެ އަހަރެމެންނަށް ދެއްވީ އަގަކާއިނުލައެވެ. އެއީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ދަރިކަލުން، އަލްމަސީޙު މެދުވެރިކުރައްވައެވެ.


އެ ހުރިހާ އެއްޗަކީ ވެސް އަހަރެންގެ މާތްސާހިބާ އީސާ އަލްމަސީޙު ދެނެގަތުމުގައި ވާ މިންނުކުރެވޭ އަގާ އަޅާ ބަލާއިރު އެއްވެސް އަގެއް ނެތް ތަކެއްޗެވެ. އެކަލޭގެފާނަށްޓަކައި އަހަރެން އެ ހުރިހާ ތަކެއްޗެއް ގެއްލުވާލީމެވެ. އެ ހުރިހާ ތަކެއްޗަކީ ކުނިބުނި ކަމަށް ހިމެނީމެވެ. އެއީ އަހަރެން އަލްމަސީޙާއި އެކުގައިވުން ލިބިގަތުމަށެވެ.


އެހެނީ ތިޔަބައިމީހުން ތިޔަތިބީ މިދުނިޔެއަށް މަރުވެފައެވެ. ތިޔަބައިމީހުންގެ އަސްލު ޙަޔާތް ވަނީ އަލްމަސީޙާއެކު މާތްކަލާނގެ ކިބަފުޅުގައި ރައްކާތެރި ކުރެވިފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ