Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 8:34 - ކިތާބުލް މުޤައްދަސާ

34 އަދި ކޮންމެ ދުވަހަކު އައިސް އަހަރެން ބުނާ އެއްޗެއް އަޑުއަހަން އަހަރެންގެ ގޭދޮށުގައި އިންތިޒާރުގައި ތިބޭށެވެ. އޭރުން ކަލޭމެންނަށް އުފާވެރިކަން ލިބޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 8:34
17 ပူးပေါင်းရင်းမြစ်များ  

އަދި އޭގެ ލޭކޮޅެއް ނަގައި ގޭގެ ދޮރުކަނީގެ އަރިމަތީގައި އާއި ދޮރުގެ މަތީކައިރި ފަށުގައި ހާކާށޭ.


އެކަމަނާގެ އަޑު ބާޒާރު މަތީގައިއާއި ރަށްރަށުގެ ބޮޑުދޮރާށި ދޮށުންނާއި މައިދާންތަކުން އިވޭނެއެވެ.


ބުއްދިއާއި ތަންދޮރުދަތުން ލިބިގަންނަ މީހުންނަށް މާތްކަލާނގެ ބަރަކާތް ލައްވައެވެ.


ޙިކުމަތަކީ ދިރުންދޭ ގަހެވެ. އެގަހުގައި ހިފަހައްޓާ ބަޔަކަށް އުފާވެރިކަން ލިއްބައިދޭ ވަސީލަތެވެ.


”⁠އަހަރެންގެ ބަސްތައް އަޑުއަހައި އެއަށް އަމަލުކޮށް އުޅޭ މީހަކީ ހިލަތަކުގެ މަތީގައި ގެ ބިނާ ކުރިފަދަ ބުއްދިވެރިއެއް.


ޒަކަރިއްޔާ އާއި އޭނާގެ އަންހެނުން އެލިޒަބަތަކީ މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަންވާ ތެދުވެރިކަމާއިއެކު އެކަންތައްތައް އަދާކުރަމުން ދާ ބަޔެކެވެ. އެދެމީހުންގެ މައްޗަށް މާތްރަސްކަލާނގެ ރުހިވޮޑިގެން ވިއެވެ.


މި މަރުތާގެ މަރިޔަމް އޭ ކިޔާ ކޮއްކޮ އަކު ވިއެވެ. އޭނާ މާތްސާހިބާގެ ކައިރީ އިށީނދެ އެކަލޭގެފާނުގެ ބަސްފުޅުތައް ކަނުލާ އަޑުއަހަން އިނެވެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އެއަށް ވުރެވެސް ބޮޑަށް ބަރަކާތް ލެއްވިގެން ވާނީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އެއަށް އަމަލު ކުރާ މީހުންނަށް.⁠“


އެދުވަހަށް ފަހު މިމީހުން އީސާގެފާނުގެ މަންދޫބުން އެކަލޭގެފާނާއި ބޭހޭ ގޮތުން ކިޔަވާދެއްވަމުން ގެންދެވި ތަކެތި އަހާ ދަސް ކުރުމަށް އައެވެ. އަދި ހުރިހާ އީމާންވާ މީހުން އެކުގައި ޖަމާވެ، އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއިއެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކާ، އެކުގައި ކައި ބޮއި ހެދުމުގައާއި ދުޢާ ކުރުން މަތީ އެމީހުންގެ ދުވަސްތައް ހޭދަކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ