28 އެކަލާނގެ އުޑުމަތީގައި ވިލާތައް ބެހެއްޓެވި އިރު ވެސް އަހަރެން ހުރީމެވެ. އަދި ކަނޑުގެ ފުނުން ފެން އެރުއްވި އިރު ވެސް އަހަރެން ހުރީމެވެ.
ދެން މާތްކަލާނގެ އެ ހުސްތަން އުފައްދަވައި އެ ހުސްތަނުގެ ތިރީގައި ހުރި ފެނާއި މަތީގައި ހުރި ފެން ވަކިކުރެއްވިއެވެ. އެކަން އެ ގޮތަށް ހިނގައިފިއެވެ.
ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”އުޑުގެ ދަށުގައި ހުރި ފެން އެއްތަނަކަށް އެއްވޭ! އޭގެ ތެރޭން ހިކިފަސްތަން ފާޅުވޭ!“ ދެން އެކަން އެ ގޮތަށް ހިނގައިފިއެވެ.
ނޫޙުގެފާނުގެ އުމުރުފުޅުން ހަސަތޭކަ އަހަރުގެ ދެވަނަ މަހުގެ ސަތާރަވަނަ ދުވަހު ބިމުގެ އަޑީގައިވާ އެންމެފުން ފެންއާރުތަކުގެ ފެންފަށަލަތައް ފަޅަފަޅައިގެން ދިޔައެވެ. އަދި އުޑުގައި ފެން ހިފަހައްޓައިދޭ ހުރިހާ ދޮރާށިތަކެއް ހުޅުވިގެން ދިޔައެވެ.
ބިމުގެ އަޑީގައިވާ އެންމެފުން ފެންއާރުތަކުގެ ފެންފަށަލަތައް ބެދި އަދި އުޑުގައި ހުޅުވިގެންވީ ފެން ހިފަހައްޓައިދޭ ހުރިހާ ދޮރާށިތަކެއް ބަންދުވިއެވެ. އަދި ވާރޭ ވެހުން ވެސް މުޅިން ހުއްޓުނެވެ.
މާތްރަސްކަލާނގެ އުޑާއި ބިން އުފެއްދެވީ އެކަލާނގެ ދެނެވޮޑިގަތުމާއި ޙިކުމަތްފުޅުންނެވެ.
މާތްކަލާނގެ އުޑުތައް އުފައްދަވައި ކަނޑުތަކުގެ މަތީގައި އުދަރެސް ފެތުރުއްވި އިރު ވެސް އަހަރެން ހުރީމެވެ.
އަދި ކަނޑުގެ ލޮނުގަނޑު ވަކިވަރަކަށް ވުރެން އުސް ނުވުމަށް އަންގަވައި ބިމުގެ ބިންގާ އެޅުއްވި އިރު ވެސް އަހަރެން ހުރީމެވެ.
އީސާގެފާނު ވިދާޅުވިއެވެ. ”އޭ އީމާންތެރިކަން ކުޑަ މީހުންނޭ! ކީއްވެ ތިޔަބައިމީހުން ބިރުން ތިޔަ އުޅެނީ؟“ ދެން އެކަލޭގެފާނު ތެދުވެ ވަޑައިގެން ވަޔަށާއި ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވިއެވެ. އެ ހިނދު ވައި މަޑުވެ ރާޅުތައް ހިނދުނެވެ.