Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 8:21 - ކިތާބުލް މުޤައްދަސާ

21 އަހަރެން ދެކެ ލޯބިވާ އެންމެންނަށް އަހަރެންގެ ފަރާތުން އަގުބޮޑު ޚަޒާނާތައް ދެމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 8:21
18 ပူးပေါင်းရင်းမြစ်များ  

އެމީހުންގެ އަގުބޮޑުތަކެތި ފޭރިގަނެ އަހަރެމެން ގެޔަށް ގެންދާނީއެވެ.


މާތްރަސްކަލާނގެ ތިމާއަށް ދެއްވާ މުދަލުން ފުދެން ވާނެއެވެ. ތިމާ އިތުރަކަށް ކަންބޮޑުވާކަށް ނުޖެހެއެވެ.


ހެޔޮމީހާގެ ގޭގައި ވަނީ އަގުބޮޑު ޚަޒާނާއެކެވެ. ނުބައި މީހާއަށް ލިބޭނީ ގެއްލުމާއި ހަލާކެވެ.


ބުއްދިވެރިން ތަނަވަސް ކަމާއި އިއްޒަތުގައި އުޅެއެވެ. މޮޔައިން ލާރިއެއް ލިބޭއިރަށް ތަޅާ ބުރުވާލައެވެ.


އިލްމު އެކުލެވުމުން ކޮޓަރިތަކުގައި ތަނަވަސްކަމާއި އަގުހުރި ތަކެއްޗާއި މުއްސަނދިކަން އެކުލެވޭނެއެވެ.


އެހެނަސް ވައްކަން ކުރަނިކޮށް އަތުލައިގަނެވިއްޖެ ނަމަ، އޭނާ ނެގި އެއްޗެއްގެ ހަތްގުނަ ދައްކަން ޖެހެއެވެ. އެކަމުން އޭނާ އިފްލާސް ވިޔަސް ވެސް މެއެވެ.


އަހަރެން ކަލޭމެންނަށް ދެމިގެންދާ މުއްސަނދިކަންދީ އިއްޒަތްތެރިކޮށްދީ އަދި ކާމިޔާބާއި ޝަރަފުވެރިކަން ދެމެވެ.


އަހަރެން އަބަދުވެސް ކަންތައް ކުރަނީ ޙައްޤާ އެއްގޮތަށެވެ. އަދި އިންސާފުވެރިކަމާ އެކުގައެވެ.


އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠މިފަދަ މީހުން އަބަދުގެ އަބަދަށް ޢުޤޫބާތުގައި ދެމިގެންވާނެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެންވާ ހުރިހާ އެންމެންނަށް ނިމުންނުވާ ޙަޔާތެއް ލިބިދޭނެ.⁠“


އަދި ޖަލަށް ލެވުނު މީހުންނާމެދު ކަލޭމެން އޯގާވެރިވިއެވެ. މީގެ އިތުރުން ކަލޭމެން އުފަލުން ކަލޭމެންގެ މުދާތައް ލޫޓުވެން ވެސް ދޫކޮށްލިއެވެ. އެހެނީ ކަލޭމެންނަށް ލިބެން ހުރީ މާރަނގަޅު އަދި ދާއިމަށް ހުންނާނެ ތަކެތިކަން ކަލޭމެންނަށް އޭރުވެސް ވިސްނުނެވެ.


އެހެންވީމާ، މާތްރަސްކަލާނގެ، އެކަލާނގެ ދަރިންނަށްޓަކައި މަތިވެރިވެގެންވާ ތަރިކައެއްވަނީ ފަހަށް ރައްކާތެރި ކުރައްވާފައެވެ. އެތަރިކަ ތިޔަބައި މީހުންނަށްޓަކައި ތާހިރުކުރެވި އުނިކަމެއް އަދި ވީރާނާވުމެއް ނެތި ސުވަރުގޭގައި ވަނީ ރައްކާތެރި ކުރެވިފައިވެއެވެ.


ނަސްރު ހޯދާ ފަރާތްތަކަށް މި ހުރިހާ ރަޙުމަތެއް ލިބިދޭނެ. އަދި އަހަރެންނަކީ އެބައިމީހުންގެ ރަސްކަލާނގެ. ހަމައެހެންމެ، އެބައިމީހުންނަކީ އަހަރެންގެ ދަރިން ކަމުގައި ވެސް ވާނެ.


ކިލާގަނޑުން މީހާ ނަންގަވަނީ އެކަލާނގެ. ބޭނުން ޖެހިފައިވާ މީހާ ކުނިގޮނޑުން ނެރުއްވަނީ އެކަލާނގެ. އަދި ރަސްކަލުންގެ އަރިހުގައި ބައިންދަވަނީ އެކަލާނގެ. މީހާއަށް އިއްޒަތުގެ ތަޚުތު ދެއްވަނީ އެކަލާނގެ. އެހެނީ ބިމުގެ ބިންގާތަކަކީ މާތްރަސްކަލާނގެ މިލްކެއް. ބިމުގެ ބިންގާ އެޅުއްވީ އެކަލާނގެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ