20 އަހަރެން އަބަދުވެސް ކަންތައް ކުރަނީ ޙައްޤާ އެއްގޮތަށެވެ. އަދި އިންސާފުވެރިކަމާ އެކުގައެވެ.
ވީމާ ރަނގަޅު ޞާލިޙުންގެ މިސާލުތައް ބަލައި ތެދުވެރި ދިރިއުޅުމެއް އުޅޭށެވެ.
އަހަރެންގެ މިބަސްތައް އަހައިފިނަމަ، ކަލޯއަށް ހެޔޮކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމަކީ ކޮބައިކަން އެނގޭނެއެވެ. އަދި ހިނގާނެ ތެދުމަގު ވެސް ފެންނާނެ އެވެ.
ދަރިފުޅާއެވެ! އަބަދުވެސް ހިނގަންވާނީ އެކަލާނގެ ރުހިވޮޑިގަންނަވާ މަގުންނެވެ. އެކަލާނގެ ކަލޯއަށް ސާފުސީދާ ތެދުމަގު ދައްކަވާނެއެވެ.
ކަލޯ ހިނގާ ބިނގާވެ އުޅޭއިރު އެބަސްތައް ކަލޯއަށް މަގު ދައްކާނެއެވެ. ކަލޯ ނިދީމާ އެބަސްތައް ކަލޯއަށް ރައްކާތެރިކަން ދޭނެއެވެ. ކަލޯ ހޭލީމާ އެބަސްތައް ކަލޯއަށް ހެޔޮ ނަސޭހަތް ދޭނެއެވެ.
އަހަރެންގެ ކިބައިން ކަލޭމެންނަށް މިލިބޭ ތަކެތި އެންމެ މޮޅު ރަނާއި އެންމެ ސާފު ރިއްސަށް ވުރެން މާ އަގުބޮޑެވެ.
އަހަރެން ދެކެ ލޯބިވާ އެންމެންނަށް އަހަރެންގެ ފަރާތުން އަގުބޮޑު ޚަޒާނާތައް ދެމެވެ.
އެތަން ބަލަހައްޓާ ދޮރުވާނު އެމީހާ ވަނުމަށް ދޮރު ހުޅުވާދޭނެ. ހުއިހައްޕާ މީހާގެ އަޑު އޭނާގެ ކަންބަޅިތަކަށް އެނގޭނެ. އޭނާ އޭނާގެ ކަންބަޅިތަކަށް އޭގެ ނަމުން ގޮވާ އެތަނުން ނެރޭނެ.
ތަޚުތުގެ މެދުގައި ހުރި ޅަކަންބަޅިއަކީ އެބައިމީހުން ހުއިހައްޕާ މީހާ. އަދި އެފަރާތުން ޙަޔާތުގެ ދިރުން ދެއްވާ ފެންއާރުތަކަށް ދާމަގު އެބައިމީހުންނަށް ދައްކުވައި ދެއްވާނެ. އަދި އެބައިމީހުންގެ ލޮލުން އަންނަ ކޮންމެ ކަރުނަ ތިއްކެއް މާތްރަސްކަލާނގެ ފޮހެދެއްވާނެމެ.“