19 އަހަރެންގެ ކިބައިން ކަލޭމެންނަށް މިލިބޭ ތަކެތި އެންމެ މޮޅު ރަނާއި އެންމެ ސާފު ރިއްސަށް ވުރެން މާ އަގުބޮޑެވެ.
ހެޔޮމީހާގެ ބަސްތަކުގައި ސާފު ރިހިހާ އަގުހުރެއެވެ. ވިޔާނުދާ މީހާގެ ފިކުރަކު އަގެއް ނުހުރެއެވެ.
ޙިކުމަތްތެރިކަން ރަނަށް ވުރެން މޮޅެވެ. ބުއްދިވެރި ނިންމުން ރިއްސަށް ވުރެން މޮޅެވެ.
ބުއްދިވެރިކަމަކީ ރިއްސަށް ވުރެން ބޭނުން ބޮޑު އެއްޗެކެވެ. އެއީ ރަނަށް ވުރެން ވެސް އަގުބޮޑު އެއްޗެކެވެ.
ރިހީގެ ބަދަލުގައި އިރުޝާދުތަކުގައި ހިފާށެވެ. ރަނުގެ ބަދަލުގައި އިލްމުގައި ހިފާށެވެ.
އަހަރެން އަބަދުވެސް ކަންތައް ކުރަނީ ޙައްޤާ އެއްގޮތަށެވެ. އަދި އިންސާފުވެރިކަމާ އެކުގައެވެ.