Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 8:15 - ކިތާބުލް މުޤައްދަސާ

15 ރަސްކަލުން އަމުރުމައުރޫފު ހިންގަނީ އަހަރެންގެ އެހީގައެވެ. އަދި އަދުލުވެރިކަމާއެކު ނިޔާކަނޑައަޅަނީ އަހަރެންގެ ބޭނުން ހިފައިގެންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 8:15
27 ပူးပေါင်းရင်းမြစ်များ  

އިންސާފުވެރި ރަސްގެފާނު ޤައުމަށް ހަމަޖެހުން ގެނެއެވެ. ރިޝްވަތު ނަގާ ރަސްގެފާނު ޤައުމު ހަލާކު ކޮށްލައެވެ.


މި ބިންމަތީގައި ތެދުވެރި ކޮންމެ ވެރިޔަކު ވެސް އަމުރު ހިންގަނީ އަހަރެންގެ އެހީގައެވެ.


އީސާގެފާނު އެބޭކަލުންނާއި ހަމައަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠އުޑާއި ބިމުގައިވާހާ އަމުރުވެރިކަން އަހަރެންނަށް ވަނީ ދެއްވާފަ.


އުޑު ހުޅުވިގެން ދިޔަތަން އަހަރެން ދުށީމެވެ. އަދި އެތަނުގައި އަހަރެންގެ ކުރިމަތީގައި ހުދު ކުލައިގެ އަހެއް އޮތެވެ. އެ އަހުގެ އަސްވާރުގެ ނަމަކީ ވަފާތެރިޔާ، ތެދުވެރިޔާއެވެ. އަދި އެކަލޭގެފާނު ހަނގުރާމަ ކުރުމުގައި އަދުލު އިންސާފުން ފައިސަލާކުރެއެވެ.


އެކަލޭގެފާނުގެ ރިދާކޮޅު ގައްޔާއި އެކަލޭގެފާނުގެ ފައިގެ ފަލަމަސްގަނޑުގައި މި ނަން ލިޔެވިގެން ވެއެވެ. ”⁠ރަސްރަސްކަލުންގެ ރަސްގެފާނު އަދި ސާހިބުންގެ ސާހިބާ.⁠“


މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.⁠“


ޞަމޫއީލްގެފާނަށް އޭނާ ފެނިވަޑައިގަތުމާއެކު މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ އިއްޔެ ކަލޭގެ ގާތު ބުނީ މީނާގެ ވާހަކަ. މިއީ ތިމަންކަލާނގެ މީހުންގެ މައްޗަށް ވެރިކަން ކުރާނެ މީހަކީ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ