12 އަހަރެން މީ ޙިކުމަތެވެ. އަހަންނާއެކު ތަންދޮރުދަތުން ވެއެވެ. އަހަންނަށް ކަންތައް ކުރަންވީ ރަނގަޅުގޮތާއި މޮޅުގޮތްތައް އެނގެއެވެ.
ދެން މޫސާގެފާނު ބަނީއިސްރާއީލުގެ މީހުންގެ ގާތު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ވަނީ ޔަހޫޛާގެ ގަބީލާގެ އޫރީގެ ދަރި އަދި ޙޫރުގެ ކާފަދަރި ބަޞަލީލު މި ކަންތައް ކުރުމަށް ހޮއްވަވާފައި.
މިބަސްފުޅުތަކުން ތަންދޮރު ނުދަންނަ މީހަކު ވެސް އިލްމުހުރި މީހަކަށް ވެދެއެވެ. އަދި ޒުވާނުންނަށް ދިރިއުޅުމުގައި ކަންތައް ގެންދާނެ ހުޝިޔާރު ގޮތްތައް ދަސްވެދެއެވެ.
ޖާހިލުންނޭވެ. ވިސްނާ ފިކުރުކުރާށެވެ. މޮޔައިންނޭވެ. ދެނެގަނެ ފަހުމު ކުރާށެވެ.
އަލްމަސީޙާއި އަހަރެމެން ގުޅިފައިވަމުން އަހަރެމެންނަށް މާތްކަލާނގެ ވަނީ ތަރިކައެއް ދެއްވާފައެވެ. އެކަލާނގެ ވަނީ މާކުރީގައި ވެސް އަހަރެމެން އިޚްތިޔާރު ކުރައްވާފައެވެ. އެކަލާނގެ ހުރިހާ ކަމެއް ކުރައްވަނީ އެކަލާނގެ ރޭއްވެވުންފުޅާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެއީ އެކަލާނގެ އަހަރެމެންގެ މައްޗަށް އޯގާތެރިވެ ވޮޑިގަންނަވާ މިންވަރު ދެއްކެވުމަށެވެ. އެކަލާނގެ ޙިކުމަތްވަންތަކަމާއި ދެނެވޮޑިގަތުމުގެ މަތިވެރިކަމާއެ!
މި އުސޫލުގެ މަތިން މި ޒަމާނުގައި މަސީޙީ ޖަމާޢަތުގެ މެދުވެރި ކުރެއްވުމާއި، އުޑުތަކުގައިވާ ރޫޙާނީ އިސްވެރިންނާއި ބާރުވެރިންނަށް ވަނީ އެކަލާނގެ ތަފާތު ޙިކުމަތްތެރިކަން އެނގިފައެވެ.
އެކަލޭގެފާނީ މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ހުރިހާ ހިކުމަތާއި އިލްމު ހިމެނޭ ޚަޒާނާތަކުގެ ތަޅުނދަނޑި ވެސް މެއެވެ.