8 އެ ވިޔާނުދާ އަންހެނާގެ ގޭދޮށުގައި އެސޮރު މުގޯލި އަޅަމުން ދިޔައެވެ.
އެ އަންހެންމީހާއާ ދުރުހެލި ވާށެވެ. އޭނާގެ ގޭ ދޮރުމައްޗަށް ވެސް ނާރާށެވެ.
ގޯޅިގޯޅި ކަން މަތީގައިއާއި ބާޒާރު މަތީ ފިރިހެނުން އަތުއަޅުވަން އުޅޭ އަންހެނެކެވެ.
އެއަންހެނާގެ ގެއަށް ދާ މަގަކީ އެއްކޮޅަށް ދެވޭ މަގެކެވެ. އެއީ މަރާދިމާއަށް ދާން އޮންނަ ކުރު ރާސްތާއެކެވެ.
ޒުވާންކަމުގެ ފާހިޝް އެދުންތަކުން އުފެދިދާނެ ވަސްވާސްތަކުން އެކަހެރިވާށެވެ. އެއާ ޚިލާފަށް ސާފު ހިތަކުން ދުޢާ ކުރާ މީހުންނާއި އެކުގައި ޞާލިޙު، ވަފާތެރި އީމާނަކާއި ލޮބުވެތި ސުލްޙަވެރި ދިރިއުޅުމެއް އުޅެމުން ދާށެވެ.
އެހެން މީހުން އަލިފާނުގައި ނެތި ދިޔުމުގެ ކުރިން އެމީހުން ޖަހައިގަނެ ސަލާމަތްކޮށްދޭށެވެ. އަނެއް މީހުންނަށް ސަމާލުވެ ތިބެ ހަމްދަރުދީވާށެވެ. އެމީހުންގެ ދިރިއުޅުން ޚަރާބުކުރާ ފާފަތަކާ މެދު ނަފްރަތު ވަމުންނެވެ.