Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 7:26 - ކިތާބުލް މުޤައްދަސާ

26 މިފަދަ އަންހެނުންގެ މަޅީގައި ޖެހި ގިނަ ބައެއްގެ ޙަޔާތް ބަރުބާދުވެ ގޮސްފައިވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 7:26
14 ပူးပေါင်းရင်းမြစ်များ  

އެމީހުން އަބްނައިރު ޙަބްރޫނަށް ގެނަސްފިއެވެ. ދެން އުޔާބު އޭނާ އެކަހެރި ކޮށް ސިއްރުވާހަކައެއް ދައްކަން ކަމަށް ހަދައިގެން ބޮޑު ދޮރާށި ފުރަގަހުން ގޮޅިއަކަށް ވައްދައި އޭނާގެ ބަނޑަށް ޚަންޖަރު ހަރާލިއެވެ. އެއާއެކު އަބްނައިރު އެތަނަށް މަރުވެގެން ވެއްޓިއްޖެއެވެ. މިގޮތުން ޔުއާބު އޭނާގެ ކޮއްކޮ އަސާހިލުގެ މަރުގެ ބަދަލު ހިފައިފިއެވެ.


އެއަންހެނާގެ ގެޔަށް ކަލޯ ދާނަމަ އެ ދެވެނީ މަރުގެ އަނދިރި ގޯޅިގަނޑުންނެވެ.


ވަގަކުހެން އޭނާ ފިލާ ހުންނާނެއެވެ. އޭނާގެ އުފަލަކީ ގިނަ ފިރިހެނުން މަޅީގައި ޖައްސައި އެމީހުންގެ އަނބިންނަށް ބޭވަފާތެރި ކުރުވުމެވެ.


އޭނާ ޒަޚަމުވެއެވެ. އޭނާގެ އަގުވެއްޓިދެއެވެ. މުޅި އުމުރުގައި އެ ލައްގަނޑު ފިލައިގެން ނުދެއެވެ.


އެއަންހެނާގެ ގެއަށް ދާ މަގަކީ އެއްކޮޅަށް ދެވޭ މަގެކެވެ. އެއީ މަރާދިމާއަށް ދާން އޮންނަ ކުރު ރާސްތާއެކެވެ.


އެކަމަކު އޭނާގެ އަތްދަށުވާ މީހާއަށް އެގެއަށް ވަދެވެނީ މަރުވާން ކަމެއް ނޭނގެއެވެ. އޭނާގެ މެހުމާނުން ތިބީ ކަށްވަޅުތަކުގެ ފުނުގައެވެ.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިދުނިޔޭގައި ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައި ވީ ބައެކެވެ. އެހެންވީމާ، ޖިސްމާނީ ފާހިޝް ހުރިހާ އެދުންތަކުން ދުރުހެލިވެ ތިބުމަށް އަހަރެން ތިޔަބައިމީހުންނަށް އެދެމެވެ. ސަބަބަކީ ތިޔަބައިމީހުންގެ ފުރާނައާއި ދެކޮޅަށް އެފަދަ ކަންތައްތައް ހަނގުރާމަ ކުރާނެކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ