ހަރުބަސްތައް 6:29 - ކިތާބުލް މުޤައްދަސާ29 މީހެއްގެ އަނތްބަކާއެކު އުޅުމަކީ އެފަދަ ކަމެކެވެ. އެމީހަކަށް އެކަމުގެ ޢުޤޫބާތް ލިބޭނެއެވެ. အခန်းကိုကြည့်ပါ။ |
އަޚީތޫފަލު އަބްޝާލޫމްގެ ގާތު ބުންޏެވެ. ”ކަލޭގެފާނުގެ ބައްޕާފުޅު ވަޑައިގަތީ މި ގަނޑުވަރު ބަލަހައްޓަން އެކަލޭގެފާނުގެ ޖާރިޔާއިންތަކެއް ބައިތިއްބައިފައި. އެމީހުންނާއެކު ކަލޭގެފާނު އެއްދާން ކުރައްވާ! އޭރުން އިސްރާއީލުގެ އެންމެންނަށް ކަލޭގެފާނު ކަލޭގެފާނުގެ ބައްޕާފުޅުގެ އަގުވައްޓާލައިފިކަން އެނގިގެން ދާނެ. އޭރުން ކަލޭގެފާނުގެ ބާރުފުޅު ގަދަވެއްޖެކަން އެނގި އެމީހުންނަށް ހިތްވަރު ލިބޭނެ.“