27 ގައިގާ އަލިފާން ރޯ ނުވާނެކަމަށް މީހަކު އަލިފާން ހުޅުގަނޑެއްގައި އޮޅުލާފާނެ ހެއްޔެވެ؟
އެހެނީ ކަސްބީ އަންހެނެއްގެ ކިބައިން ކަލޯއަށް އަންނާނީ ފަގީރު ކަމެވެ. އެކަމަކު މީހެއްގެ އަނތްބެއްގެ ފަރާތުން ކަލޯގެ މުޅި ދިރިއުޅުން ގެއްލި ހިނގައިދާނެއެވެ.
އަނގުރު އަލިފާންތަކުގެ މަތީގައި ފައިތިލަ ނުފިހޭނެކަމަށް މީހަކު ހިނގާނެ ހެއްޔެވެ؟
އެހެންވީމާ ދުލަކީ ވެސް އޭގެ ޒާތުގައި ކުޑަ ގުނަވަނެކެވެ. އެހެނަސް އެ ދުލަކީ ނުހަނު ބޮޑާ ބަސްތައް ބުނާ ގުނަވަނެއް ވެސް މެއެވެ. ޖަންގަލީގެ ބޮޑުކަމާއިމެދު ނިކަން ވިސްނައިބަލާށެވެ. އެހެނަސް ބޮޑު ޖަންގައްޔެއްގައި ހުޅު ޖެހުމަށް ބޭނުންވަނީ ނުހަނު ކުޑަކުޑަ އަލިފާން ކަންޏެކެވެ.