20 ދަރިފުޅާއެވެ. ބަފާ ކުރާ އަމުރާ ޚިލާފު ނުވާށެވެ. އަމާ ދަސްކޮށްދިން ކަންތަކަށް ފަރުވާކުޑަ ނުކުރާށެވެ.
ކަލޯއަށް ދިރިހުރުން ދިން ބަފާގެ ބަސްއަހާށެވެ. މުސްކުޅި އަމާ ކުޑައިމީސް ނުކުރާށެވެ.
ބަފާއަށް ލަޢުނަތްލައި އަމައަށް ޝުކުރުވެރި ނުވާމީހުން ވެސް އުޅެއެވެ.
ދަރިފުޅާއެވެ! އަހަރެން މިދޭ ހިކުމަތްތެރި ނަސޭހަތާއި ލަފާތައް ކަލޯ ކަނުލައި އަހައިފިނަމަ،
އޭނާގެ ފައިތިލަ ވަނީ މަރާ ދިމާއަށެވެ. އޭނާ ފިޔަވަޅު އަޅާނީ ކަށްވަޅާ ދިމާއަށެވެ.
އަހަންނަށް ފެނުނީ ހޭނުޖެހޭ ޒުވާނުންތަކެކެވެ. އޭގެ ތެރޭން އެކަކީ އަދި މާ މޮޔަ ސޮރެކެވެ.
ކުދިންނޭވެ. މާތްސާހިބާ އެދިވޮޑިގަންނަވާ ފަދައިން ދަރިން މައިންބަފައިންނަށް ކިޔަމަންތެރިވާށެވެ. ކަލޭމެން ކަންތައް ކުރަންވާ ރަނގަޅު ގޮތަކީ މިއީއެވެ.