Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 6:19 - ކިތާބުލް މުޤައްދަސާ

19 އަދި ދޮގުހެކި އޮއްސާ މީހުންގެ އަނގަތަކެވެ. އާއިލާތައް ރޫޅަމުން ހިނގާ މީހުންގެ ދޫތަކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 6:19
24 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ އަވަށްޓެރިޔާއާމެދު ދޮގުހެކި ނުދޭތި.


”⁠ހަޤީޤަތެއް ނެތް ބުންޏޭ ބުންޏޭ ވާހަކަތައް ނުފަތުރާތި. އަދި ކުށްވެރިޔަކާ އެއްކޮޅަށް ހެކިބަސްދީ އޭނާ ކުށުން ބަރީއަ ކުރަން ނޫޅޭތި.


ތެދުވެރިޔާ ތެދު ހެކިދޭނެއެވެ. ދޮގުވެރިޔާ ދޭނީ ދޮގުހެއްކެވެ.


ތެދުވެރި ހެކިވެރިޔާ ބުނާނީ ތެދަށެވެ. ދޮގުވެރިޔާ ދޭނީ ދޮގުހެއްކެވެ.


ފާސިދު މީހާ ފިތުނަ އުފައްދައެވެ. ދެބައޮޑުވުމުން ގާތް ރަޙުމަތްތެރިން ހަތުރުންނަށް ވެއެވެ.


ދޮގު ހެކިދޭ މީހާއަށް އަދަބު ނުލިބިއެއް ނުދާނެއެވެ. ދޮގުވެރިޔާއަކަށް ވެސް ސަލާމަތެއް ނެތެވެ.


ދޮގުހެކި ދޭ މީހާއަށް އެކަމުގެ ސަޒާ ނުލިބިއެއް ނުދާނެއެވެ. ދޮގުވެރިޔާ ހަލާކުވެދާނެއެވެ.


ދޮގު ހެކިވެރިންގެ އަނގަ ބަންދުކޮށްލެވެއެވެ. އެކަމަކު އިތުބާރު ކުރެވޭ މީހުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެއެވެ.


ޖެއްސުން ކުރާ މީހާ ދުރަށްލާށެވެ. އޭރުން އަރައިރުން ހުއްޓިދާނެއެވެ. ޒުވާބު ކުރުމާއި ހަޑިއެއްޗެހި ކިއުން އޭރުން ފިލައިގެން ދާނެއެވެ.


ދޮގު ހެކިބަހަކީ ކަނޑި އެތިފަހަރެއް ނުވަތަ މުގުރެއް ނުވަތަ ތީރެއް ފަދަ އެއްޗެކެވެ.


ދަރު ނެތް އުނދުނުގައި އަލިފާނެއް ރޮލެއް ނުވެއެވެ. ދޭތެރެޖެއްސުމެއް ނެތް ނަމަ އަރައިރުން ވުން ހުއްޓިދެއެވެ.


އެމީހުންގެ މަކަރުވެރިކަމުން އަބަދުވެސް ރާވާނީ ކޮންމެވެސް ނުލަފާ ވިޔާނުދާ ކަމެކެވެ. އެމީހުން ބޭނުންވާނީ އަބަދުވެސް ފިތުނަ އުފައްދާށެވެ.


މާތްރަސްކަލާނގެއަށް ކަލޭމެން ބިރުވެތިވާނަމަ ކަލޭމެން ނުބައި ނުލަފާކަމާ ދުރުހެލިވާށެވެ. އަހަރެން ބޮޑާކަމާއި ކިބުރުވެރިކަމާއި ދޮގުވެރިކަމާއި ގޯސްކަންތައް ދެކެ ނަފްރަތު ކުރަމެވެ.


އެއީ ތިމާގެ ވިސްނުމުގައިވާ ނުބައި ޚިޔާލުތަކާއި، މީހުން މެރުމާއި، ޒިނޭ ކުރުމާއި، ޖިންސީ ފާފަވެރިކަމާއި، ވައްކަންކުރުމާއި، ދޮގު ހެދުމާއި، އަދި ބަދުނާމުކުރުން.


އެތަނުގެ އެތެރޭގައި ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ދީނީ ކޯޓުގެ އެންމެހައި ވެރިން ބޭނުންވީ އީސާގެފާނު އަވަހާރަކޮށްލެއްވުމަށެވެ. ވީމާ އެކަލޭގޭފާނާއި ބެހޭގޮތުން ދޮގު ތުހުމަތު ކުރާނޭ ބަޔަކަށް އެބައިމީހުން ބަލަމުން ގެންދިޔައެވެ.


އެމީހުން އިސްތިފާނު އާއި މެދު ދޮގު ހެކި ދިނުމަށް އެތަނަށް ބަޔަކު ގެނައެވެ. އެ ދޮގު ހެކިން ބުންޏެވެ. ”⁠މީނާ އަބަދުވެސް ބައިތުލް މަޤްދިސާއި އަދި މޫސާގެފާނު މެދުވެރިކޮށް ފޮނުވުނު ޤާނޫނާއި ގަވާއިދުތަކާއި ދެކޮޅަށް ވާހަކަދައްކާ ހަދާ.


އަދިވެސް ތަކުރާރުކޮށް ބުނަމެވެ. ޖާހިލު ކަމާއި ބޭކާރު މޮޔަ ވާހަކަތައް ދެއްކުމުން ދުރުހެލިވާށެވެ. މިފަދަ ކަންތައްތަކަކީ މައްސަލަތައް އުފެދުމަށް މަގުފަހި ކުރުވާ ކަންކަމެވެ.


އަމަންއަމާންކަން ގެނެސްދޭ މިފަދަ ފަރާތްތަކުން ސުލްޙައިގެ އޮށް އިންދުމުން އެއިން ހެޔޮ ޙަޔާތެއް ލިބިދެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ