18 ނުބައިކަންތައް ރާވާ ހިތްތަކާއި ވިޔާނުދާ ކަންތައް ކުރަން ހަލުއިކޮށް ހިނގާ ފައިތަކެވެ.
އިންސާނުންގެ ނުބައިކަމުގެ ބޮޑުކަން ދުނިޔޭގައިވާ މިންވަރު މާތްރަސްކަލާނގެ ދެކެވޮޑިގެންވިއެވެ. އެމީހުންގެ ހިތުގައި އަބަދުވެސް އުފެދެނީ ނުބައިނުލަފާ ޚިޔާލުތައް ކަން އެކަލާނގެ ދެނެވޮޑިގެންވިއެވެ.
އެމީހުންނަކަށް ނުބައި ކަމެއް ކޮށްނުލައެއް ނުތިބެވޭނެއެވެ. އަދި އެމީހުން ބޭނުންވާނީ އަވަސްގޮތަކުން މީހަކު މަރާލުމަށެވެ.
ފާޙިޝް ފިކުރުތައް ދެކެ މާތްރަސްކަލާނގެ ނަފްރަތުކުރައްވައެވެ. އެކަމަކު އޯގާވެރި ބަސްތައް ދެކެ ރުހި ވޮޑިގަންނަވައެވެ.
އެހެނީ އެމީހުންގެ ހިތުގައި ވާނީ އަނިޔާވެރިކަން އުފެއްދުމެވެ. އެމީހުންގެ ބަސްތަކުން އުފައްދާނީ ހައިޖާނެވެ.
ނުބައިކަންތައް ރާވާ މީހާއަކީ ކަންތައް ގޯސް ކުރާ މީހެއްގެ ގޮތުގައި މަޝްހޫރުވާނެ މީހެކެވެ.