Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 6:15 - ކިތާބުލް މުޤައްދަސާ

15 މިހެންވެ މިފަދަމީހުންގެ މައްޗަށް ކުއްލި މުސީބާތެއް ކުރިމަތިވެ އެމީހުންގެ ދިރިހުރުމުން އަތްދޮވެލަން ޖެހިދެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 6:15
15 ပူးပေါင်းရင်းမြစ်များ  

ކަލޭމެންނަށް ބޮޑު މުސީބާތެއް ކުރިމަތިވާ ދުވަހަކުން، ނުވަތަ ތޫފާނެއް ކަހަލަ ކާރިސާއެއް ދިމާވާ ދުވަހަކުން އަހަރެން ހޭނަމެވެ.


ނުބައިމީހާ މުސީބާތެއްގައި ފުނޑުފުނޑުވެއެވެ. ހެޔޮމީހާއަށް މަރުމަތީގައި ވެސް ރައްކާތެރިކަމުގެ ޔަޤީންކަން ލިބިގެންވެއެވެ.


ހެޔޮ މީހާ ހަތްފަހަރު ވެއްޓިދާނެއެވެ. އެކަމަކު އޭނާ އަދިވެސް ތެދުވާނެއެވެ. ނުބައިމީހާ އެންމެ ކަމެއް ދިމާވާއިރަށް ބަލިވެގެން ވެއްޓިދާނެއެވެ.


އެހެނީ ނުދެނެތިއްބާ އެމީހުންނަށް ބޮޑު މުސީބާތެއް ކުރިމަތި ވެދާނެއެވެ. މާތްރަސްކަލާނގެ ކިބަފުޅުންނާއި ރަސްގެފާނުގެ އަރިހުން އަންނާނީ ކޮން މުސީބާތެއްކަން އެނގޭނީ ކާކަށްހެއްޔެވެ؟


ވިސްނައިދިނުމުން އެކަން އިސްލާހު ނުކުރާ މީހާ އަލުން އަނބުރާ ނާދެވޭވަރަށް ކުއްލިއަކަށް ހަލާކުވެ ހިނގައިދާނެއެވެ.


މާތްރަސްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވާ ހަ ގުނަވަނެއް ވެއެވެ. ނޫން ހަތް ގުނަވަނެކެވެ.


އެ ހިނދު ދުނިޔޭގެ މީސްތަކުން މިފަދައިން ބުނާނެއެވެ. ”⁠އަހަރެމެން ސުލްޙައިގައި ވަމެވެ. އަދި އަހަރެމެން ސަލާމަތުން ވަމެވެ.⁠“ އެހެނަސް އެބައިމީހުންގެ މައްޗަށް ހަލާކު ކުރިމަތި ވެދެއެވެ. މިފަދައިން ކަންތައްތައް ވާނީ ނުހަނު އަވަހަށެވެ. އެއީ މާބަނޑު އަންހެނަކު ދަރިއަކު ވިހެއުމުގައި އަޅާ ވޭންވަރު ފަދައިން ހިނގާނެ ކަމެކެވެ. އެބައިމީހުންނަށް ސަލާމަތެއް ނެތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ