Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 6:12 - ކިތާބުލް މުޤައްދަސާ

12 ދޮގުހަދަމުން ހިނގާނީ އަގެއް ނެތް މީހުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 6:12
26 ပူးပေါင်းရင်းမြစ်များ  

ޞާލިޙުންގެ ދުލަށް ހެޔޮބަސްތައް އާދެއެވެ. ނުބައިމީހާގެ ދުލުން ބޭރުވާނީ ގެއްލުން ހުރި ބަސްތަކެވެ.


ތެދުވެރިންނަށް އެމީހުންގެ ޞާލިޙުކަމުގެ ސަބަބުން ސަލާމަތްކަން ލިބެއެވެ. ބަހުގެ އިތުބާރު ނުހިފޭ މީހާ ޖެހޭނީ އޭނާގެ އަމިއްލަ ދަހިވެތިކަމުގެ ދަންތުރައިގައެވެ.


މައްސަލަ އުފައްދަނީ ވިޔާނުދާ މީހުންނެވެ. އެމީހުންގެ ބަސްތަކަކީ ފަނާ ކުރާ އަލިފާން މަޅިއެކެވެ.


ލޯކުނާކޮށް އިޝާރާތް ކުރާ މީހުންގެ ނުބައި ނިޔަތެއް އޮވެއެވެ. މިޔަކަނުން ހިނިތުން ވަނީ ނުބައި ރޭވުމަކާ އެކުއެވެ.


ކުޓުވާ މީހުންގެ ބަސްތައް އަހާނީ ވިޔާނުދާ މީހުންނެވެ. ދޮގު އަޑުއަހާނީ ދޮގުވެރިންނެވެ.


އަދި ވިޔާނުދާ ކަންތަކުން ކަލޯ އެއްކިބާ ކޮށްދޭނެއެވެ. އަދި ދޮގުވެރި މަކަރުވެރި މީހުންގެ ކިބައިން ވެސް ކަލޯ ރައްކާތެރިކޮށް ދޭނެއެވެ.


އެހެނީ ދޮގުވެރިން ދެކެ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގަންނަވައެވެ. އެކަލާނގެ ގާތްކަން ބާއްވަނީ ތެދުވެރިންނާއެވެ.


ކުރާ އެއްވެސް ކަމެއްގައި ދޮގެއް ބުނެ ހީލަތެއް ނަހަދާށެވެ.


އެމީހުންގެ މަކަރުވެރިކަމުން އަބަދުވެސް ރާވާނީ ކޮންމެވެސް ނުލަފާ ވިޔާނުދާ ކަމެކެވެ. އެމީހުން ބޭނުންވާނީ އަބަދުވެސް ފިތުނަ އުފައްދާށެވެ.


މާތްރަސްކަލާނގެއަށް ކަލޭމެން ބިރުވެތިވާނަމަ ކަލޭމެން ނުބައި ނުލަފާކަމާ ދުރުހެލިވާށެވެ. އަހަރެން ބޮޑާކަމާއި ކިބުރުވެރިކަމާއި ދޮގުވެރިކަމާއި ގޯސްކަންތައް ދެކެ ނަފްރަތު ކުރަމެވެ.


ހަރުފަތަކުގެ ދަރިންނޭ! ނުބައިވެގެންވާ ބަޔަކަށް ރަނގަޅު ވާހަކައެއް ބުނެވޭނީ ކިހިނަކުން؟ ކަލޭމެންގެ ދުލުން ބުނާ ވާހަކަތަކުން ދައްކައިދޭނީ ކަލޭމެންގެ ހިތުގައިވާ ގޮތް.


އަދި ކަލޭމެންގެ ތެރެއިން ވެސް ބަޔެއް މީހުން އެމީހެއްގެ ކޮޅަށް މީސްތަކުން އެނބުރުވުމަށްޓަކައި މާތްރަސްކަލާނގެ އެންގެވި ތެދު ޚަބަރުފުޅުތައް އޮޅުވާލާނެ.


މީގެ އިތުރުން މިފަދަ ކުދިންގެ ކަންނެތްކަމާއި އެއްގެއިން އަނެއް ގެއަށް ވާހަކަ އުފުލުމުގައި ވަގުތު ދުއްވާލެވެއެވެ. އަދި އަނެކުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެ އެކުދިންނާ ނުބެހުނަސް ބެހި ބަސްބުނެ ހަދައެވެ.


އެހެންވީމާ ނުބައިވެގެންވީ އެންމެހާ އަމަލުތަކުންނާއި ލަދުޙަޔާތްކުޑަ ކަންތައްތަކުން ކަލޭމެންގެ ނަފްސު އެއްކިބާ ކުރުވާށެވެ. އަދި ކަލޭމެންގެ ހިތްތަކުގައި މާތްރަސްކަލާނގެ އިންދަވައިދެއްވި ބަސްފުޅު ހިތްތިރިކަމާއެކުގައި ބަލައިގަންނާށެވެ. އެ ބަސްފުޅުގައި ކަލޭމެންގެ ޙަޔާތު ސަލާމަތް ކުރުމުގެ ބާރު ވެއެވެ.


އަހަރެމެންގެ ދުލަކީ ވެސް ހަމަ އެފަދަ އަލިފާން ކަންޏެކެވެ. އޭގައި މުޅި ޙަޔާތް ބަރުބާދު ކުރުވާފަދަ ނުބައި ނުލަފާ އެތައް ކަމެއް އެކުލެވިފައިވެއެވެ. އެ ދޫ ނަރަކައިގެ އަލިފާނުގެ ގިނީގައި އަނދައި ދިއުމަށް ވެސް ދޫކޮށްލެވިގެން ވެއެވެ.


ދާއޫދުއާ އެމީހާއާއި ދޭތެރޭ މިދެކެވޭ ވާހަކަތައް އެންމެ ދޮށީ ބޭބެ އަލިޔާބަށް އަޑު އިވިގެން ރުޅި އަތުވެއްޖެއެވެ. ”⁠ކަލޭ މިތަނަށް ތިޔަ އައީ ކީއްކުރަން. ކޮބައިތަ ކަލޭ ހަނަފަސްބިމުގައި ބަލަހައްޓަން އުޅުނު ބަކަރިތައް؟ ކާކާ ހަވާލު ކޮށްފަތަ ތިޔައައީ؟ ކަލޭ ތީ ނިކަން ސަކަރާތް ގަންނަ ހިތުން އުޅޭ ނިކަން ފޮނިވެސް މީހެކޭ. ކަލޭ އައިސް ތިހިރީ މިތާ ހަނގުރާމަ ކުރާތަން ބަލަން ކަން އަހަރެމެންނަށް އެނގެޔޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ