10 ”އަހަރެން ކުޑަ އިރުކޮޅަކަށް ނިދަން ޖައްސާލާނަމެވެ. ކުޑަ އިރުކޮޅަކަށް ބޯދަށަށް އަތް ލައްވާލާނަމެވެ.“
ކަންނެތް މީހުންނަށް ގުގުރިދަމައި ނިދާލެވިދާނެއެވެ. އެކަމަކު ކަންނެތްކަމުން ލިބޭނީ ބަނޑުހައިކަމެވެ.
ނިދަން ލޯބިކުރާ މީހާ ވާނީ ފަގީރެވެ. ލޯ ހުޅުވައި ހޯދާށެވެ. އޭރުން ކާތަކެތި މަދެއް ނުވާނެއެވެ.
އެހެނީ އެމީހުން އެދަނީ ތަދުމަޑުކަމާ ދިމާއަށެވެ. އެމީހުންގެ ނިދި ގިނަވެ، ލާން ޖެހޭނީ ވީދިފައި ހުންނަ ބާހެދުމެވެ.
ކަލޭމެންގެ ތެރޭގައި ތިބި ކަންނެތް މީހުން ހިނިތައް އުޅޭގޮތް ބަލަން ދާށެވެ. އެސޮރުމެންގެ ގާތުން ފިލާވަޅު ލިބިގަންނާށެވެ.
ކަލޭމެން ކަންނެތްކަން މަތީގައި އޮށޯވެ ނިދަން ތިބޭނީ ކިހާދުވަހެއް ވަންދެން ހެއްޔެވެ؟