8 އެ އަންހެންމީހާއާ ދުރުހެލި ވާށެވެ. އޭނާގެ ގޭ ދޮރުމައްޗަށް ވެސް ނާރާށެވެ.
ވިޔާނުދާ ނުލަފާ މީހުން ދައްކާ މަގުން ނުހިނގާށެވެ.
އެމީހުންނަށް ފުރަގަސްދީފައި އެހެން މަގަކުން ދާށެވެ.
ކަލޯ އެތަނަށް ގޮސް އުޅޭނަމަ ކަލޯގެ އަގުވެއްޓި ހިނގައިދާނެއެވެ. ކޮންމެވެސް ރަޙުމެއްނެތް ބައެއްގެ އަތްދަށުވެ ކަލޯގެ ޙަޔާތް ބަރުބާދު ވެދާނެއެވެ.
އެކަހަލަ އަންހެނެއްގެ މަތިން ހިތަށް ވެސް ނާރުވާށެވެ. އެފަދަ އަންހެނެއްގެ ގޭދޮށު މަގަށް ވެސް ނާރާށެވެ.
އެ ވިޔާނުދާ އަންހެނާގެ ގޭދޮށުގައި އެސޮރު މުގޯލި އަޅަމުން ދިޔައެވެ.
އޭނާ އިންނާނީ ގޭދޮރުމަތީގައި އަވަށުގެ އެންމެ އުސް ފަރުބަދަމަތީގައެވެ.
އަޅަމެން ވަސްވާސްތަކުގެ ތެރެއަށް ވެއްޓިދާފަދަ މަގެއް އަޅަމެންނަށް ނުދައްކަވައި ޝައިތާނާގެ ކިބައިން ރައްކާތެރި ކުރައްވާފާނދޭވެ!‘
އަނދިރީގައި މީސްތަކުން ކުރަމުންގެންދާ ބޭކާރު އަމަލުތައް ކުރުމަށް ތިޔަބައިމީހުން ބައިވެރި ނުވާށެވެ. އޭގެ ބަދަލުގައި މީސްތަކުންނަށް އެފަދަ އަމަލުތަކަކީ ނުބައިވެގެންވީ އަމަލުތައް ކަމުގައި ހާމަކޮށްދޭށެވެ.