3 ވަގުފިރިން ގެންގުޅޭ އަންހެންމީހާގެ ތުންފަތަކީ މާމުއިފަދަ ފޮނި، ޒައިތޫނި ތެޔޮފަދަ އޮމާން އެއްޗެކެވެ.
ވަގުފިރިން ގެންގުޅޭ ބަސްއޮމާން އަންހެނާގެ ކިބައިން ކަލޯ ސަލާމަތްކޮށްދޭނީ މި ހެޔޮ ވިސްނުމެވެ.
ވަގުފިރިން ގެންގުޅޭ އަންހެނެއްގެ އަނގައަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ނުރުއްސަވާ މީހުން އެއަނދަވަޅަށް ވެއްޓެއެވެ.
ފިރިމީހާއަށް ބޭވަފާތެރިވި އަނތްބަކާ ހެދި މޮޔަވެ ނުގަންނާށެވެ.
އަދި ވިޔާނުދާ އަންހެނެއްގެ ފަރާތުން ކަލޯ ސަލާމަތް ކޮށްދޭނެއެވެ. ވަގުފިރިން ގެންގުޅޭ އަންހެނެއްގެ އޮމާން ދުލުން ކަލޯ ރައްކާތެރިކޮށް ދޭނެއެވެ.
މި ފަދަ ފޮނި އެތައް ބަސްތަކަކުން އެ އަންހެނާ އެސޮރު ހައްލާލިއެވެ.
މި ބަސްތައް ވަގުފިރިން ގެންގުޅޭ އަންހެނާގެ އަތްދަށުން ކަލޯ ސަލާމަތް ކޮށްދޭނެއެވެ. އަދި ހިލޭ އަންހެނާގެ ޝަހުވަތުގެ ބަސްތަކުން ސަލާމަތް ކޮށްދޭނެއެވެ.