23 އެމީހުން މަރުވެ އެދަނީ އެމީހުންގެ މޮޔަކަމާއި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވުނު ކަމުގެ ސަބަބުންނެވެ.
އެދުވަހަކުން ކަލޭމެން ރޭވި ރޭވުމާއި ކުރިކަންތަކުގެ ހިތި ކަލޭމެން ލިބިގަންނާނެވެ.
ހެޔޮމީހެއްގެ އިރުޝާދުތަކުން މީސްތަކުންނަށް ފައިދާ ލިބެއެވެ. މޮޔައިން ބުނާ ބަސްތަކުން އެމީހުން ހަލާކުވެ ނެތިދެއެވެ.
ބުއްދިވެރިޔާއަށް މީހުންގެ ހެޔޮބަސްތައް ލިބެއެވެ. މޮޔަމީހާއަށް މީހުންގެ ނަފްރަތު ލިބެއެވެ.
ނުބައި މީހުން އިންދާ ގޮވާމުގައި އަޅާނީ ނުބައި މޭވާއެވެ. ހެޔޮ މީހާގެ ގޮވާމުން ލިބޭނީ ރަނގަޅު މޭވާއެވެ.
ނުބައިމީހާ މުސީބާތެއްގައި ފުނޑުފުނޑުވެއެވެ. ހެޔޮމީހާއަށް މަރުމަތީގައި ވެސް ރައްކާތެރިކަމުގެ ޔަޤީންކަން ލިބިގެންވެއެވެ.
ހަމަ ބުއްދި ފިލައިފިމީހާއަށް މަގު އޮޅިގެން ދެވޭނީ މަރުވެފައިވާ މީހުންގެ ތެރެއަށެވެ.