10 ކަލޯ އަތުގައި ހުރިއްޔާ ހުރި ފައިސާއަކާއި މުދަލެއް ހިލޭ ބައެއްގެ އަތްދަށަށް ހިނގައިދާނެއެވެ.
ވިސްނުންތެރިކަމަށް ލޯބިކުރާ މީހާގެ ބަފާ ހިތްއުފާވެއެވެ. ކަސްބީންގެ ގާތަށް ގޮސް އުޅޭ މީހާގެ މުދާ ބޭކާރުވެދެއެވެ.
ރަސްކަލުން ފަނާކޮށްލާ ފާހިޝް އަންހެނަކަށްޓަކައި ކަލޯގެ ހަކަތަ ހުސްކޮށް ނުލާށެވެ.
އެންމެފަހުން ކަލޯ ހިކި އަނަރޫފަވެ ބަލި އެނދުގައި ރޮއިރޮއި އޮންނަން ޖެހިދާނެއެވެ.
ކަލޯ އެތަނަށް ގޮސް އުޅޭނަމަ ކަލޯގެ އަގުވެއްޓި ހިނގައިދާނެއެވެ. ކޮންމެވެސް ރަޙުމެއްނެތް ބައެއްގެ އަތްދަށުވެ ކަލޯގެ ޙަޔާތް ބަރުބާދު ވެދާނެއެވެ.
އެހެނީ ކަސްބީ އަންހެނެއްގެ ކިބައިން ކަލޯއަށް އަންނާނީ ފަގީރު ކަމެވެ. އެކަމަކު މީހެއްގެ އަނތްބެއްގެ ފަރާތުން ކަލޯގެ މުޅި ދިރިއުޅުން ގެއްލި ހިނގައިދާނެއެވެ.
ކަލޯއަކަށް އޭނާގެ ރުޅި މަތަ ވާވަރުގެ ބަދަލެއް ވެސް ނުދެވޭނެއެވެ.
އެކަމަކު ބައްޕަގެ އެ ދަރި ބައްޕަގެ ލާރި ފާފަވެރި އަންހެނުންގެ މައްޗަށް ޚަރަދު ކޮށް ހުސް ކޮށްލާފައި އެނބުރި ގެއަށް އައުމުން ބައްޕަ ޚާއްސަކޮށް ފަލަ ކުރި ޅަ ގެރި އެކަން ފާހަގަ ކުރުމަށް ކަތިލާ ތިޔަ ބޮޑު ކެއުމެއް ތައްޔާރު ކުރީއޭ.‘