5 ހެވާއި ނުބައި ދަސްކޮށްގަނެ ބުއްދީގެ ބޭނުން ހިފާށެވެ. ތިމަން މިބުނި އެއްޗެއް ހަނދުމަ ނުނައްތާށެވެ.
ޙިކުމަތްތެރިކަން ރަނަށް ވުރެން މޮޅެވެ. ބުއްދިވެރި ނިންމުން ރިއްސަށް ވުރެން މޮޅެވެ.
ދަސްކުރަން ބޭނުން ނުވާ މޮޔައަކަށް ދަރުސް ދިނުމަށް ފައިސާތަކެއް ހޭދަކުރުމަކީ މާނައެއް ނެތް ކަމެކެވެ.
ގުޅުންކުޑަ މީހާ ބަލާނީ އަމިއްލަ ފައިދާއަށެވެ. އެމީހުން ހެޔޮ ނަސޭހަތަށް ޖެއްސުން ކުރާނެއެވެ.
އަމިއްލަ ނަފްސު ދެކެ ލޯބިވާނަމަ ބުއްދިވެރިކަން ހޯދާށެވެ. ކަންކަން ފަހުމުކޮށް ދަސްކުރާ މީހާގެ ތަނަވަސްކަން އިތުރުވާނެއެވެ.
ތެދު ޙަޤީޤަތް ހޯދާށެވެ. އެ ވިއްކާ ނުލާށެވެ. ބުއްދިއާއި ތަރުބިއްޔަތާއި ލިބިގަނެ ހެޔޮނުބައި ދަސްކޮށް ތިމާގެ ކިބައިގައި އެކަންތައް ހަރުލައްވާށެވެ.
ދަރިފުޅާއެވެ! އަހަރެންގެ މި އިރުޝާދުތައް ހަނދާންކޮށް އެއާ އެއްގޮތަށް ފުރިހަމަޔަށް އަމަލު ކުރަމުން ދާށެވެ.
ބުއްދިއަކީ އެންމެ މަތިވެރި ކަންތަކެވެ. އެހެންވެ ކަލޭ އަތުގައި ހުރި ހުރިހާ އެއްޗެއް ދީފައި ވެސް ބުއްދީގެ ކަމަނާ ލިބިގަނެ ތަންދޮރު ވަކިކޮށް ދެނެގަންނާށެވެ.
ޖާހިލުންނޭވެ. ވިސްނާ ފިކުރުކުރާށެވެ. މޮޔައިންނޭވެ. ދެނެގަނެ ފަހުމު ކުރާށެވެ.
މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތު ވޭތުކުރުމުގެ ޙިކުމަތް ކަލޭމެންގެ ތެރެއިން އެއްވެސް މީހަކަށް ލިބިގެންނުވާނަމަ އެކަލާނގެ ކިބަފުޅަށް އެމީހަކު އެދި ދަންނަވާށެވެ. އަދި އެފަދައިން އެދޭ ހުރިހާ އެންމެންނަށް ފާޑުކިޔުމެއްނެތި ދީލަތިކަމާއެކު އެކަލާނގެ ޙިކުމަތް ދެއްވާނެއެވެ.