Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 4:12 - ކިތާބުލް މުޤައްދަސާ

12 އެ ބުއްދީގެ ބޭނުން ހިފައިގެން ކަލޯ ކުރިޔަށް ހިނގާނަމަ އެމަގެއްގައި ހުރަހެއް ނުހުންނާނެއެވެ. ކަލޯ އަޅައިގަނެ ވެއްޓޭނެ ގަލެއް ނުހުންނާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 4:12
15 ပူးပေါင်းရင်းမြစ်များ  

މިއަޅާގެ ފައިތިލަ ބަހައްޓާނެ މަގު ފުޅާ ކުރައްވައި ގަދަކުރެއްވީ، މިއަޅާ ކައްސާލައިގެން ދިޔަ ނުދެއްވުމަށެވެ.


އަހަރެންގެ މިބަސްތައް އަހައިފިނަމަ، ކަލޯއަށް ހެޔޮކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމަކީ ކޮބައިކަން އެނގޭނެއެވެ. އަދި ހިނގާނެ ތެދުމަގު ވެސް ފެންނާނެ އެވެ.


އޭރުން ކަލޯގެ ފައިތިލަ ކައްސާ ނުލާ އޮމާންކަމާއެކު ކަލޯ ދާ މަގުގައި ދެވޭނެއެވެ.


ނުބައި ނުލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ކަނު އަނދިރީގައި ހިނގާ މީހުންގެ މިސާލެވެ. އެމީހުން އަޅައިގެންފައި ވެއްޓޭނީ ކޮން އެއްޗެއްގައި ޖެހި ކަމެއް ވެސް ނޭނގޭނެއެވެ.


ކަލޯ ހިނގާ ބިނގާވެ އުޅޭއިރު އެބަސްތައް ކަލޯއަށް މަގު ދައްކާނެއެވެ. ކަލޯ ނިދީމާ އެބަސްތައް ކަލޯއަށް ރައްކާތެރިކަން ދޭނެއެވެ. ކަލޯ ހޭލީމާ އެބަސްތައް ކަލޯއަށް ހެޔޮ ނަސޭހަތް ދޭނެއެވެ.


އަދި ”⁠އެކަލޭގެފާނީ މީސްތަކުން އަޅައިގެން ވެއްޓިދާފަދަ ހިލައެކެވެ. އަދި މީސްތަކުން އެ ހިލައިގެ މައްޗަށް ވެއްޓިދެއެވެ.⁠“ އެބައިމީހުން ވެއްޓިގެންދަނީ މާތްރަސްކަލާނގެ ބަސްފުޅު އަޑުނޭހުމުގެ ސަބަބުންނެވެ. އެހެންވީމާ މާތްރަސްކަލާނގެ ރާއްވަވާފައިވާ ގޮތުގެ މަތިން އެބައިމީހުން ތަގުދީރާއި ކުރިމަތިލައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ