29 ”ވަރަށް ގިނަ ރަނގަޅު އަންހެނުން ދުނިޔޭގައި އުޅެއެވެ. އެކަމަކު އެވަރުގެ އަންހެނަކު ނުފެންނާނެއެވެ.“
ހެޔޮ އަނތްބަކީ ފިރިމީހާއަށް ލިބޭ ޖަވާހިރެއް ފަދަ އަގުހުރި އެއްޗެކެވެ. ލަދުކުޑަ އަންހެނާއަކީ ފިރިމީހާގެ ކައްޓަށް ޖެހޭ ކެންސަރެއް ފަދަ އެއްޗެކެވެ.
އޭނާގެ ދަރިން އޭނާއަށް ބަރަކާތަށް އެދޭނެއެވެ. ފިރިމީހާ އޭނާއަށް މިހެން ތާރީފު ކުރާނެއެވެ.
ޗާލުކަމަކީ ހެއްލުމެކެވެ. ރިވެތިކަމަކީ ވަގުތީ އެއްޗެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވާ އަންހެނާއަށް ހުރިހާ ތާރީފެއް ޙައްޤެވެ.
އެކަލޭގެފާނު މިކަންތައް މި ގޮތަށް ކުރެއްވީ މަސީޙީ ޖަމާޢަތް އެއްވެސް ލަފެއް ރުލެއް ލައްގަނޑެއް ނެތި ފާފަތަކުން ހުސްދުރުވެ މުޤައްދަސް ވެގެންވާ އަލަތުކައިވެނީގެ އަރޫޝާއެއް ކަމުގައިވެ ވަޑައިގަތުމަށެވެ.
ކަންބޮޑު ނުވޭ. ކަލޭ ތިޔަ އެދުނު ފަދައިން އަހަރެން ކަންތައް ކުރާނަމު. އެހެނީ މިއަވަށުގެ އެންމެން ވެސް ދަނޭ ކަލޭ ތީ ރަނގަޅު އަންހެނެއްކަން.