Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 31:26 - ކިތާބުލް މުޤައްދަސާ

26 އޭނާ ބުނާ ބަސްތަކުގައި ބުއްދި އެކުލެވޭނެއެވެ. އޯގާވެރި އިރުޝާދު ދޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 31:26
28 ပူးပေါင်းရင်းမြစ်များ  

ޞާލިޙުން ބުނާނީ ޙިކުމަތުގެ ބަސްތަކެވެ. ކެހިވެރި ބަސްތައް ބުނާ މީހާގެ އަނގަ ބަންދުކޮށްލެވެއެވެ.


ވިސްނާ ނުލާ ދޫކޮށްލާ ބަސްތަކުން ވާނީ ޒަޚަމެވެ. ބުއްދިވެރި ބަސްތަކުން ލިބޭނީ ޝިފާއެވެ.


ހެޔޮ ބަސްތަކަކީ މާމުއިފަދަ އެއްޗެކެވެ. އެއިން ނަފްސަށް ފޮނިކަން ގެނެސް ދެއެވެ. އަދި ފުރާނައަށް ދުޅަހެޔޮކަން ގެނެސްދެއެވެ.


މައިންބަފައިންނަށް ދަރިންނަށް ގެދޮރާއި މުދާ ދެވިދާނެއެވެ. ހެޔޮ އަނތްބަކު ދެއްވަނީ މާތްރަސްކަލާނގެއެވެ.


ކެތްތެރިކަން އަމީރުގެ ރުހުން ހޯދައެވެ. މަޑުމައިތިރި ބަސްތައް ދެކޮޅުވެރިންގެ މައިކަށި ބިންދާލައެވެ.


ގޭގައި އުޅޭ ހުރިހާ އެންމެން އޭނާ ބަލަހައްޓާނެއެވެ. ކަންނެއްކަމެއް އޭނާއެއް ނުދެކޭނެއެވެ.


މަރިޔަމްގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑަކީ މަތިވެރި މާތްރަސްކަލާނގެ އަޅަކީން. އަޅުގަނޑާއި ދޭތެރޭ ތިޔަވިދާޅުވި ކަންތައްތައް ތިޔަފަދައިން ހިންމަވާފާނދޭ.⁠“ ދެން މިއަށް ފަހު ޖިބުރީލުގެފާނު އެނބުރި ވަޑައިގެންނެވިއެވެ.


އަކީލާއަށާއި ޕްރިސިލާއަށް އަޕޯލޮސް ދީނީ މަރުކަޒުގައި ކެރިގެން އީސާގެފާނާއި މެދު ވާހަކަދެއްކި އަޑު އިވުނެވެ. ދެން އެމީހުން އަޕޯލޮސް އެމީހުންގެ ގެއަށް ގެންގޮސް އީސާގެފާނު އަންގަވައި ދެއްވި މާތްރަސްކަލާނގެ ބަސްފުޅާއި މެދު އޭނާއަށް އިތުރަށް އަންގައިދީ ކިޔަވާދިނެވެ.


އެ ކޯޓުގައި ވީ އެންމެން ވަރަށް ފަރުވާތެރިވެ އިސްތިފާނު އާއި ދިމާލަށް ބަލަން ތިއްބެވެ. އެވަގުތު އެމީހުންނަށް އިސްތިފާނުގެ މޫނު މަލާއިކަތެއްގެ މޫނު ފަދައިން ވިދާ ބަބުޅާ ތަން ފެނުނެވެ.


ހަޑިހުތުރު ބަސްތަކުން ތިޔަބައިމީހުންގެ ދޫ ރައްކާތެރިކުރާށެވެ. ވަގުތާ ޙާލަތަށް ބަލައި މީހުންނަށް ފައިދާހުރި ހެޔޮބަސްތަކުން މުޚާތަބުކުރާށެވެ. އޭރުން އެބަސްތަކުގެ އަޑުއިވޭ ފަރާތްތަކަށް ހިތްވަރު ލިބިދޭނެއެވެ.


އީސާގެފާނަށް ތަބާނުވާ މީހުންގެ ތެރޭގައި އުޅެމުން ދާން ވާނީ ޙިކުމަތްތެރިކަމާ އެކުގައެވެ. އަދި ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ފުރިހަމަޔަށް ހިފާށެވެ.


ހަމަ މިގޮތުގެ މަތިން ފިރިންނަށް އަނބިން ވެސް ބޯލަނބައި ކިޔަމަންތެރިވާން ޖެހޭނެއެވެ. ފިރިން ހެޔޮޚަބަރުފުޅު އަޑުއަހަން ދެކޮޅުވެރިވިޔަސް ތިޔަބައިމީހުން ކުރާ ތަޤުވާވެރި ހެޔޮ އަމަލުތައް ފެނި އެމީހުންނަށް އެބަސްފުޅުތައް ގަބޫލުކުރެވޭނެއެވެ. އެއީ އެވާހަކަ ދުލުން ނުބުނި ކަމުގައި ވިޔަސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ