ހަރުބަސްތައް 31:13 - ކިތާބުލް މުޤައްދަސާ13 އޭނާ އަވަދިނެތި އުއިވަށައި ފޮތިވިޔެ ހަދާނެއެވެ. အခန်းကိုကြည့်ပါ။ |
ހުވަފަތް މިފަދަ އަންހެނުންނަށް މީހުންގެ އިޙްތިރާމް ލިބިދޭނެ ސަބަބަކީ އެކަނބަލުން ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެކަނބަލުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރި ނަމައެވެ. އެކަނބަލުންނާއި ބީރައްޓެހި ފަރާތްތަކަށް ހެޔޮކޮށް ހިތި ނަމައެވެ. އެކަނބަލުންގެ ޚިދުމަތް މަސީޙީންނަށް އިޚުލާސްތެރި ކަމާއެކު ލިބިދިން ނަމައެވެ. ދަތިޙާލުގައި ވީ ފަރާތްތަކަށް އެކަނބަލުން އެހީތެރިވި ނަމައެވެ. އެކަނބަލުން އަބަދުވެސް ހެޔޮ އަމަލުތަކަށް ތައްޔާރު ވެގެންހުންނަ ނަމައެވެ.
އެދުވަހުން ފެށިގެން ރާޢޫތު ގޮވާން ހޮވުމުގެ މަސައްކަތުގައި އުޅޭއިރު އެތާނގައި މަސައްކަތުގައި އުޅޭ ބޫޢަޒުގެ އެހެން އަންހެން ކުދިންގެ ފަސްފަހަތުގައި އޭނާ އުޅެމުން ގެންދިޔައެވެ. ދުވަސްތައް ފާއިތު ވަމުންގޮސް ދޮނަޅައާއި ގޮދަނުގެ މޫސުން ވެސް ނިމިއްޖެއެވެ. އެހުރިހާ ދުވަހަކު ރާޢޫތު އުޅެމުން ދިޔައީ އޭނާގެ މައިދައިތައާ އެކުގައެވެ.