Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 30:8 - ކިތާބުލް މުޤައްދަސާ

8 ފުރަތަމަ ކަމަކީ ދޮގެއް ހެދުމަށް މިއަޅާއަށް މެދުވެރި ނުކުރައްވާފާނދޭވެ. ދެވަނަކަމަކީ މިއަޅާ ފަގީރު ނުކުރައްވާނދޭވެ! އަދި މުއްސަނދިވެސް ނުކުރައްވާނދޭވެ! މިއަޅާއަށް ކިރިޔާ ބޭނުންތައް ފުދޭވަރަށް ދެއްވާފާނދޭވެ!

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 30:8
28 ပူးပေါင်းရင်းမြစ်များ  

ދެން ޔަޢުޤޫބުގެފާނު މަޑުމޮޅިވެ ވަޑައިގަންނަވައި މާތްކަލާނގެއާމެދު މިފަދައިން ވަޢުދުވެ ވަޑައިގެންނެވިއެވެ. ”⁠މާތްކަލާނގެ. އިނބަ ރަސްކަލާނގެ އަޅާއާއި އެކުގައި ވޮޑިގެންވާނަމަ އަޅާގެ މިދަތުރުގައި އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވައި ކާބޯތަކެއްޗާއި އުނުއަންނައުނު ދެއްވުމުގެ އިތުރުން ސަލާމަތްތެރިކަމާއެކު އަޅާގެ ބަފައިކަލުންގެ އަރިހަށް ގެއަށް ގެންގޮސް ދެއްވާނެ. އޭރުން އިނބަ މާތްކަލާނގެއީ އަޅާގެ ވެރި ރަސްކަލާނގެ ކަމުގައި ވެސް ވާނެ.


މިއެއްޗެހި ފެނުމުން އިސްރާއީލީން ތިބީ ހަދާނެ ގޮތް ނޭނގިފައެވެ. ”⁠މީ ކޯނޗެއް ތަ؟⁠“ އެމީހުން އެކަކު އަނެކެއްގެ ކުރެން އެހިއެވެ. މޫސާގެފާނު ވިދާޅުވިއެވެ. ”⁠ތިއީ ކަލޭމެންނަށް މާތްރަސްކަލާނގެ ފޮނުއްވި ރިޒުގު.


އެކަމަކު އެމީހުން މިނާއިރު އޭގައި ހުންނަނީ މީހަކަށް ވާވަރަށެވެ. ގިނައިން ގެންދިޔަ މީހުންނަކަށް ވެސް ބާކީ އެއްޗެއް ނެތެވެ. މަދުން ގެންދިޔަ މީހުންނަކަށް ވެސް މަދެއް ނުވިއެވެ.


ތިޔަ މީހުންނަށް މިހާރު އެނގެން ވެއްޖެއެއްނު ސަބަތަކީ އަހަރެން ކަލޭމެންނަށްދޭ ހަދިޔާއެއްކަން. ކަލޭމެންނަށް ހަވަނަ ދުވަހު، ދެދުވަހަށް ވާވަރަށް ކާނާ ދެނީ އެހެންވީމައެއް ނޫންތަ؟ ސަބަތުގެ ދުވަހު ކަލޭމެން ކާނާ ހޯދަން ނުގޮސް ތިބިތާނކު ތިބޭ. އެދުވަހު ކާނާ ހޯދަން ދާނެ ކަމެއް ނެތް.⁠“


ބަނީ އިސްރާއީލީން ސާޅީސް އަހަރުފަހުން އެމީހުންގެ ބިމަށް އައިސް ވަޒަންވެރި ވަންދެން ކައިއުޅުނީ މަންނާ އެވެ. އެމީހުން ކަންޢާނުގެ ސަރަހައްދާ ހަމަޔަށް އާދެވެންދެން އެ ކެއުން ކައި ހެދިއެވެ.


ރަނގަޅު މީހާ ދޮގުތައް ދެކެ ނަފްރަތު ކުރެއެވެ. ނުބައިމީހާ އޭނާގެ މައްޗަށް ލަދުވެތިކަން ގެނެސްގަނެ އަގުވެއްޓިދެއެވެ.


ދޮގުވެރި ދުލަކުން އުފައްދާ ތަނަވަސްކަން އާތްވަށް އަރައިގެން ދެއެވެ. އަދި އެއީ މަރުގެ އަނދަވަޅެކެވެ.


ނާއިންސާފުވާ މީހާއަށް ނުރައްކަލާ ކުރިމަތިވާނެއެވެ. އެމީހުންގެ ބިރުދެއްކުމުގެ ވެރިކަން ނިމުމަކަށް އަންނާނެއެވެ.


އެހެނީ އެސްފިޔައެއް ޖަހާހާ އަވަހަށް މުދާތައް ގެއްލިދެއެވެ. ފިޔަފަޅާފައިވާ ބާޒެއްހެން އުދުހިދެއެވެ.


އޭ މާތްރަސްކަލާނކޯއެވެ! މިއަޅާ މަރުވުމުގެ ކުރީގައި ދެކަމަކަށް އެދެމެވެ. އެކަންތައް ފުއްދަވާ ދެއްވާފާނދޭވެ.


އަޅަމެންނަށް މި ދުވަހުގެ ރޯދި މިއަދު ދެއްވާފާނދޭވެ!


ނަމަވެސް އެންމެ ފުރަތަމަ ހޯދަންވީ މާތްރަސްކަލާނގެ ރަސްކަންފުޅު. އަދި ތިޔަބައިމީހުން އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރުމުގައިވޭ. އޭރުން އެކަލާނގެ ތިޔަބައިމީހުންނަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ދެއްވާނެ.


އަޅަމެންގެ އެދުވަހެއްގެ ރޯދި އެދުވަހަކު ދެއްވާފާނދޭ.


ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭގެ ރުނބަޔަކުން ފެންޖަގެއް ނަގައި މި ޕާޓީގެ އިސްވެރިޔަކަށް ހުރި މީހާއަށް ގެންގޮސްދީ.⁠“ ދެން އެމީހުން އެކަލޭގެފާނު އެ އެންގެވި ގޮތަށް ކަންތައްކުރިއެވެ.


”⁠އޭ އެކުވެރިންނޭ، ކަލޭމެން ތިޔަ ފަދައިން ތިޔަ ކަން ކުރަނީ އަޅެ ކީއްވެ؟ އަހަރެމެން ވެސް މިއީ ހަމަ ކަލޭމެން ފަދަ އިންސާނުން. އަހަރެމެން މި ރަށަށް މި އައީ ތިޔަބައިމީހުންނަށް މި ކަހަލަ ފައިދާއެއް ނެތް ކަންތައްތަކުން ދުރުވެ ދިރިވޮޑިގެންވާ ކަލާނގެ ކިބަފުޅަށް އެނބުރުމުގެ ހެޔޮޚަބަރުފުޅު ދިނުމަށް. އެކަލާނގެއީ އުޑާއިބިމާ ކަނޑާއި އަދި އެތަންތަނުގައިވާ ހުރިހާ އެއްޗެއް ހެއްދެވި ކަލާނގެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ