33 ގެރިކިރު ހިލުމުން ބަޓަރު އުފެދޭ ފަދައިން ނޯށްމަތީ ޖެހުމުން ލޭ އަންނަ ފަދައިން ރުޅިގަނޑެއް ހިލުވާލުމުން ތަޅާފޮޅުންގަނޑެއް އުފެދޭނެއެވެ.
އޭގެ ފަހުން އެގަސްދަށުގައި އެކަލޭގެފާނުގެ މެހުމާނުންނަށް މަހާއި، ކިރުގެ އިތުރުން ހުތްކިރުގެ ފަރިއްކޮޅެއް އެރުއްވިއެވެ. އެބޭކަލުން ފަރީއްކުޅުއްވި ހިނދު އިބްރާހީމްގެފާނު ތަށިމަތި ބަލަހައްޓަވަން އެ ގަސްދޮށުގައި ހުންނެވިއެވެ.
ނަފްރަތުން އުފެދޭނީ އަރައިރުމެވެ. ލޯބި އަނެކާއަށް މަޢާފު ދޭނެއެވެ. ކުރެވޭ ކުށްތައް ފޮރުވައި ދޭނެއެވެ.
ރުޅިގަދަ މީހާ ޒުވާބެއް ފަށައެވެ. މައިތިރި މީހާ އެ ޒުވާބު ފިނި ކުރެއެވެ.
ފާސިދު މީހާ ފިތުނަ އުފައްދައެވެ. ދެބައޮޑުވުމުން ގާތް ރަޙުމަތްތެރިން ހަތުރުންނަށް ވެއެވެ.
އަރައިރުމެއް ފެށުމެކޭ ހިފަހައްޓާފައި ހުރި ފެންގަނޑެއްގެ ދޮރާށި ހުޅުވާލުމެކޭ އެއްފަދައެވެ. ޒުވާބެއް ފެށުމުގެ ކުރީގައި އެކަން ހުއްޓުވާށެވެ.
އަލިފާން ކަންޏަކުން އަނގުރުގައި ރޯވާހާ ފަސޭހައިން އަރައިރުންވާ މީހާ ތަޅާފޮޅުމެއް ފަށައެވެ.
ދަހިވެތިކަން ތަޅާފޮޅުމެއްގެ ސަބަބަކަށް ވެދެއެވެ. މާތްރަސްކަލާނގެއަށް ވަކީލު ކުރުމުން ތަނަވަސްކަން ލިބެއެވެ.
ރުޅިއައިސްފައި ހުންނަ މީހާ ތަޅާފޮޅުމެއް ފަށައިގަނެއެވެ. ރުޅި އަވަސް މީހާ ހުރިހާ ބާވަތެއްގެ ފާފައަކަށް އަރައިގަނެއެވެ.
މައްސާގެ ރަސްގެފާނުގެ މަންމާފުޅު ދަސްކޮށް ދެއްވި ކަމަށް ލަމޫއީލް ވިދާޅުވެފައިވާ އިލާހީ ބަސްފުޅުތަކެއް ވެއެވެ.