29 ހިނގާފައި ދާއިރު ބަލާހިތްވާ ކަހަލަ ތިނެއްޗެއް ވެއެވެ. ނޫން ހިނގުން ރީތި ހަތަރެއްޗެއްވެއެވެ.
ދަހިވެތިކަން ލޭބޯ ފަންޏެއް ފަދައެވެ. އޭގައި ލޭބޯ ދެ އަނގަ ހުރެއެވެ. ކޮންމެ އަނގަޔަކުން ގޮވައެވެ. ”ގިނައިން ދޭށެވެ!“ ހިތްނުފުރޭނެ ތިނެއްޗެއް ވެއެވެ. ނޫން ހަތަރެއްޗެއް ވެއެވެ.
އެއީ ހޯނެވެ. އެއީ ހިފަން ފަސޭހަ އެއްޗެކެވެ. އެކަމަކު އޭތި ރަސްގެފާނުގެ ގަނޑުވަރަށް ވެސް ވަދެއެވެ.
އެއީ ސިންގާއެވެ. ޖަނަވާރުތަކުގެ ރަސްގެފާނެވެ. އޭތި އެއްވެސް އެއްޗަކަށް މަގުދީ އެއްފަރާތަކަށް ނާރައެވެ.
މާތްރަސްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވާ ހަ ގުނަވަނެއް ވެއެވެ. ނޫން ހަތް ގުނަވަނެކެވެ.