އައްޔާގެ ދަރިފުޅު ރިސްފާ އައިސް ކިއްތާނީ ފޮތިގަނޑެއް ގަލެއްގެ މަތީ އަޅައިފިއެވެ. މި ފޮތިގަނޑު އެ ގާމަތީ ބަހާރު މޫސުން ނިމި ވިއްސާރަ މޫސުން އަންނަންދެން އޮވެއެވެ. ރިސްފާ ރެއާއި ދުވާލު އެތަނުގައި އެގަބުރުތަކަށް ބަލަހައްޓައިގެން އިނދެއެވެ. އޭނާ ދުވާލު އެތަނަށް އަންނަ ބާޒާއި ކާޅުތައް ފައްސައެވެ. ރޭނގަޑު އަންނަ ވަލު ޖަނަވާރުތައް ފައްސައެވެ.