Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 30:10 - ކިތާބުލް މުޤައްދަސާ

10 ނޯކަރެއްގެ ޝަކުވާ ވެރިމީހާގެ ގާތު ނުކުރާށެވެ. އެހެންނޫނީ އޭނާ ކަލެއަށް ލަޢުނަތް ލާނެއެވެ. އޭގެ އަގު ކަލޭ އަދާ ކުރަން ޖެހިދާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 30:10
18 ပူးပေါင်းရင်းမြစ်များ  

އޭގެ ވަސްދުވުމުން ނޫޙުގެފާނު މި އަދާކުރެއްވި އަޅުކަމާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަދި މިފަދައިން އެކަލާނގެ ނިންމެވިއެވެ. ”⁠އިންސާނުންގެ ހިތުގައި ކުޑައިރުއްސުރެން ވެސް އުފެދޭ ޚިޔާލުތަކަކީ ނުބައިނުލަފާ ޚިޔާލުތައް ކަމުގައި ވީ ނަމަވެސް ތިމަންކަލާނގެ މިފަހަރު ކަންތައް ކުރެއްވި ފަދައިން މީގެ ފަހުން ދުވަހަކު ވެސް އިންސާނުން ކުރާ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ބިމަށް ކޯފާއެއް ނުފޮނުއްވާނަން. އަދި މިފަދައިން މީގެ ފަހުން ހުރިހާ ދިރޭ ތަކެއްޗެއް ދުވަހަކު ވެސް ނައްތައެއް ނުލައްވާނަން.


ވިޔަފާރީގައި ބޮޑު އަގުނަގާ މީހާއަށް ލަޢުނަތް ލިބެއެވެ. އެކަށީގެންވާ ހެޔޮއަގެއް އަތުލާ މީހާއަށް ބަރަކާތް ލިބެއެވެ.


ފަގީރު މީހަކަށް އެއްޗެއްދޭ މީހާއަކަށް އެއްޗެއް އުންޏެއް ނުވެއެވެ. އެކަމަކު ފަގީރުކަމަށް ކަނުލޮލެއް ދޭ މީހާއަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވައެވެ.


އޭނާ ދެންނެވިއެވެ. ”⁠އަޅުގަނޑު މަނިކުފާނަށް ގެއްލުމެއް ދޭން އުޅެޔޭ ކިޔައިގެން މީހުން އެ ދައްކާ ވާހަކަ އަޑު އައްސަވަނީ ކީއްވެތޯ؟


އަޅުގަނޑު މިދަންނަވާ އެއްޗެއް ސާހިބު ރަސްގެފާނު އަޑުއައްސަވާ ބައްލަވަ. ތިޔައީ މާތްރަސްކަލާނގެ އެންގެވި އެންގެވުމެއް ނަމަ އެކަލާނގެއަށް ޤުރުބާނީއެއް އަދާ ކުރުމުން އެކަލާނގެ ރުހި ވޮޑިގެންފާނެ. ތިޔައީ ބަޔަކު އަމިއްލަ ގޮތުން ކުރާ ކަމެއް ނަމަ މާތްރަސްކަލާނގެ އެބަޔަކަށް ލަޢުނަތް ލައްވާހުށި. އެހެނީ އެމީހުން މިވަނީ އަޅުގަނޑަށް މާތްރަސްކަލާނގެ ދެއްވި ނިޢުމަތުން މަހުރޫމު ކުރުވާފައި. އެމީހުން ބުނާ ކަހަލަ ’⁠ދޭ އެހެން ކަލަކަށް އަޅުކަން ކުރަން.⁠‘


”⁠ތިޔަ ބައިގަނޑުގެ މީހުންގެ ގާތަށް އަހަރެން ގެންގޮސް ފާނަންތަ؟⁠“ ދާއޫދު ބުންޏެވެ. އެ ޒުވާނާ ބުންޏެވެ. ”⁠ކަލޭ އަހަރެން މަރާ ނުލަން ކަމަށާއި އަހަރެންގެ ސާހިބަށް އަނބުރާ އަހަރެން ނުދޭން ކަމަށް މާތްކަލާނގެ ގަންދީ ހުވާ ކުރީމާ އެމީހުން ތިބި ތަނަށް ގެންގޮސް ފާނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ